ރައީސް ގެންނަވާ ތަރައްޤީ ރައްޔިތުން އަގުވަޒަން ކުރޭ: ޑރ. ޝަހީމް

ތިނަދޫއާއި ފުވައްމުލަކުގެ ރައްޔިތުން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެންނަވާ ތަރައްޤީގެ އަގުވަޒަންކުރާކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.ފުވައްމުލަކަށާއި ގދ. ތިނަދޫއަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ އެ ދަތުރުފުޅުގައި އެ ދެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވާފައިޥާ ކަމަށެވެ. އަދި އެ ފަރާތްތަކާއި ބައްދަލުކުރެއްވުމުން ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު އެ ފަރާތްތަކުން ބަލައިގަންނަަ ކަމަށާއި އެ މަސައްކަތްޕުޅުގެ އަގުވަޒަންކުރާ ކަމަށެވެ.އެ ދަތުރުފުޅުގައި ރަށްތަކަށް ގެންނަވާ ތަރައްޤީގެ ވާހަކަ ދައްކާ އަޑު އިވޭ ކަމަށާއި އެ ދެ ރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަކީ އެ ދެރަށުގެ ރައްޔިތުން ރައީސް ޔާމީންއަށް ކުރައްވާ ތާޢީދަށް އިތުރުވެގެންދާ ސަބަބެއް ކަމަށް ވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ގޮޅިގައި ހެޔޮ ފާހަގަޖަހަން އެ ރަށްރަށުގެ ރައްޔިތުން ފަސް ނުޖެހޭނެ ކަމަށް ވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ