ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ އިންތިޙާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އިމްރާން އިސްމާއީލް ނަން އަނބުރާ ގެންދަވައިފިއެވެ.
އިމްރާން އިސްމާއީލް ނަން ގެންދެވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އޭނާ ގެންދަވަނީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ކެމްޕޭންގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
އިމްރާން އިސްމާއިލް ނަން އަނބުރާ ގެންދެވުމުން ދެން ޕްރައިމަރީގައި ވާދަކުރައްވާނީ މ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަޞީރު އާއި ފާރިސް މައުމޫންގެ އިތުރުން އެންވާރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހާނިމްއެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު ނަން އަނބުރާ ގެންދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ