ރައީސުލްޖުމްހޫރިއްޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ. 
މިމަގާމަށް އައްޔަންކުރެއްވީ ޏ. ފުވައްމުލަކު ހުނުބޮލި އަބްދުﷲ މުހައްމަދު ދީދީ އެވެ. 
ދީދީ މިމަގާމަށް އައްޔަންކުރައްވާފައި މިވަނީ ކުރިން އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުންނެވި ތޯރިގު އަލީ ލުތުފީ މި މަގާމުން ވަކިކުރައްވާ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވުމަށްފަހު އެވެ. 
އެންސްޕާގެ ސީއީއޯގެ މަގާމަށް ދީދީ އައްޔަންކުރެއްވި ނަމަވެސް އޭނާއަށް މަގާމުން ދިނީ ކޮން ފެންވަރެއްގައި ކަމެއް ރައީސް އޮފީހުން ބުނެފައެއް ނުވެ އެވެ.
    
    އެންސްޕާގެ ސީއީއޯގެ މަގާމަށް އަބްދުﷲ މުހައްމަދު ދީދީ އައްޔަންކުރައްވައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ