ތިމާވެއްޓަށް އެންމެ ގިނަ ހިދުމަތް ކުރެއްވީ މައުމޫން

ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވީ އަދި ދާއިރާގެ ތަޖުރިބާކާރުންގެ ލަފާ އަޑުއެއްސެވި ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ކަމަށް މަޝްހޫރު ޑައިވަރު، ހުސެއިން ރަޝީދު (ސެންޑީ) ވިދާޅުވެއްޖެ އެވެ.
ސެންޑީއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ޑައިވަރެވެ. އަދި ތިމާވެށީގެ ހައްގުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ހާއްސަކޮށް ކަނޑުގެ ދިރުންތަކަށް އާންމުން ހޭލުންތެރި ކުރުވަން އޭނާ ކުރައްވާ މަސައްކަތް ފާހަގަ ކުރެވިފައި ވެއެވެ.
"ތިމާވެއްޓާއި އިޖްތިމާއީ ތަރައްގީގެ ބާނީއަކީ ރައީސް މައުމޫން" މިހެން ލިޔެފައިވާ ބެނާއެއް ފެންނަ ފޮޓޯއަކާއެކު ސެންޑީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތް ކުރެއްވި ރައީސަކީ މައުމޫން ކަމަށެވެ. އަދި ތިމާވެށީގެ މާހިރުން ދެއްވި ލަފާ އަޑުއެއްސެވި ރައީސަކީ ވެސް ރައީސް މައުމޫންކަން ކަށަވަރު ކަމަށް ވިދާޅުވި އެވެ.
ސެންޑީ މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު މި ސަރުކާރުން ގުޅިފަޅު ހިއްކުމަށް ކުރަމުންދާ މަސައްކަތާއި ދެކޮޅަށް ތިމާވެށީގެ ހިމާޔަތުގައި އަޑުއުފުލާ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެ މަސައްކަތް ހުއްޓާނު ލާނެ ކަމަށް ބުނަމުންނެވެ.
ހުސެއިން ރަޝީދު (ސެންޑި)ގެ ދެކަނބަލުން
މިހާތަނަށް ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތް ކުރެއްވި އަދި މާހިރުން ދެއްވި ލަފާ އަޑުއެއްސެވި ރައީސަކީ މައުމޫން އަބްދުއްގައްޔޫމްކަން ކަށަވަރު
ހުސެއިން ރަޝީދު
ސެންޑީ މި ޓްވީޓާއި ގުޅިގެން ބައެއް މީހުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ސެންޑީ ވިދާޅުވީ ރާއްޖޭގެ މޫދުތަކުގައި ދިރިއުޅޭ ގިނަ ބާވަތްތަކުގެ މޫދުގެ ދިރުން ހިމާޔަތް ކޮށްފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ކަމަށެވެ. އަދި އެންމެ ގިނަ ޑައިވް ސައިޓްތައް ހިމާޔަތްކޮށް އޭރު ތިބި މަދު ޑައިވަރުންގެ ބަސް އެއްސެވި ރައީސަކީ ވެސް މައުމޫން ކަމަށެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ތިމާވެށީގެ ހިމާޔަތުގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އަދި ބައިނަލްއަގްވާމީ ދުނިޔޭގައި ތިމާވެށީގެ ހިމާޔަތުގައި އެންމެ ބޮޑަށް އަޑު އުފުލި ރާއްޖޭގެ ވެރިއަކީ ވެސް ރައީސް މައުމޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ