ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ހަމައެކަނި ނިންމި ނިންމުމަކީ އެކެއް ފެބްރުއަރީގެ ނިންމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝުކޫރު ހަމައެކަނި ސަރުކާރުގެ ހަބަރުތައް ގެނެސްދޭ ދައުލަތުގެ މީޑިއާގައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ހޯމަ ދުވަހުގެ ދަންވަރު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ނަޝީދު އާއި އެހެން ސިޔާސީ ލީޑަރުންގެ މައްސަލަ ކޮންމެ ގޮތަކަށްވެސް އަވަހަށް ނިންމައިދޭން ސުޕްރީމް ކޯޓުގައި އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށާއި އާޒިމާ ވިދާޅުވިޔަސް ރައީސް ނަޝީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ހަމައެކަނި ނިންމި ނިންމުމަކީ ފެބްރުއަރީ އެއްވަނަ ދުވަހު ރައީސް ނަޝީދު އާއި އެހެން ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ކުރި އަމުރު ކަމަށެވެ.
Raees @MohamedNasheed aai siyaasee leaderunge massala kommegothakahves avahah ninmadheyn SC ga edhunee Yameen. Azima bunyas, Raees Nasheed ge massalaiga SC inn nimmi nimmumakee 1 feb ga emanikfaanaai ehen siyaasee leaderun dhookollan kuri amuru.https://t.co/mxN4tXML6d
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމަށެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދު އަދިވެސް ހުންނެވީ ސުޕްރީމް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމްގައި ކަމަށާއި، އެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.
އާޒިމާ ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓަށްވެސް ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލެއް ނުކުރެވޭނެ އެވެ. އެގޮތުން ސުޕްރީމްކޯޓުން ކުރާ ނިހާއީ ޙުކުމެއް އަލުން ބަދަލު ކުރުމުގެ ބާރު ޤާނޫނީ ގޮތުން ސުޕްރީމް ކޯޓަށްވެސް ލިބިގެން ނުވާކަމަށް އާޒިމާ ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓުގެ ނިންމުމަކީ ފައިނަލް ނިންމުމެއް. އެހެންވީމަ 1 ފެބްރުއަރީގެ އަމުރުގައިވެސް އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން ސުޕްރީމްކޯޓުން ނިންމާފައި އޮތް ނިންމުމެއް، އަމުރަކުންނެއް ބާޠިލެއް ނުކުރެވޭނެ. އަދި ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގަ ސުޕްރީމް ކޯޓުގެ ޙުކުމެއް އަލުން އަޑުއަހާފައި އަލުން ބަދަލުކުރެވޭނެ އެއްވެސްކަހަލަ ޤާނޫނީ ފުރުސަތެއް ނެތޭ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑަކުއެއް."
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ރައީސް ނަޝީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ހަމައެކަނި ނިންމި ނިންމުމަކީ އެކެއް ފެބްރުއަރީގެ ނިންމުން: މަހްލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ