މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އަމީތު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އަމީތު މިރޭ ހައްޔަރުކޮށްފިއެވެ.
އަމީތު ހައްޔަރުކޮށްފައިވަނީ އެމަނިކުފާނު ގޭގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުން މިރޭ އެގެއަށް ވަދެއެވެ.
އަމީތު ހައްޔަރުކުރުމަށް އަންގާފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ އަމީތު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިކޮށްފައިވާކަން އަންގާފައިވަނިކޮށް، މިމަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިއްބެވި ފުލުހުންނާ، ސިފައިންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަދުނު މައްސަލައިގައި ކަމަށެވެ.
މިރޭ އަމީތުގެ ގެއަށް ފުލުހުން ވަނުމުން އަމީތު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެމަނިކުފާނުގެ އަޒުމް ނުގުޑާނެކަމަށާއި، ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށެވެ. އަދި އެނބުރި އަންނާނީ ހިތްވަރު ލިބިގެންކަމަށްވެސް އަމީތު ވަނީ ބުނެފައެވެ
ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް ވެސް ވަނީ މިމައްސަލައާއި ގުޅިގެން މިމަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރި ގޮތަށް ޖަލުގައި ބަންދުކޮށްފަ އެވެ. ވަހީދުގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.
އަމީތުއާއި ވަޙީދުގެ އިތުރުން ފުލުހުންގެ ސަފުތައް ފޫއަޅުވާލި މައްސަލައިގައި އިދިކޮޅު އެހެން ބައެއް މެމްބަރުންވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ