ސްޓެލްކޯ އެޕްލިކޭޝަން އަދި އީޕޭ ހިދުމަތް ހަވީރު، ގަޑިއިރަކަށް މެދުކެނޑޭނެ

މިއަދު ހަވީރު ގަޑި އިރަކަށް ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން އާއި އީޕޭގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، އެ ކުންފުނިން އޮންލައިންކޮށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، މިއަދު ހަވީރު 3:00 އިން 4:00 އަށް، އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނާއި އީޕޭ ހިދުމަތުގެ މެއިންޓަނެންސް މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އެހެންކަމުން އެ ގަޑިތަކުގައި މޯބައިލް އެޕްލިކޭޝަނާއި، އީޕޭގެ ހިދުމަތް މެދުކެނޑޭނެ ވާހަކަ އެންމެހާ ކަސްޓަމަރުންގެ ސަމާލުކަމަށް އަންގާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަސައްކަތަށް ބައެއް ޖިދުމަތްތައް މެދުކެނޑިގެން ދިއުމުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
ސްޓެލްކޯއިން މެއިންޓެނަންސް މަސައްކަތްތަކެއް ކުރަމުން އަންނަ އިރު މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރެންސަމްވެއާ އެޓޭކަކާ ގުޅިގެން އެކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް ވަނީ މެދުކަނޑާލާފައެވެ. އެއަށްފަހު މޯބައިލް އެޕްލިކޭޝަނާއި، އީޕޭގެ ހިދުމަތް ރަނގަޅުކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ އެ ހިދުމަތް ދޭން ފަށާފައެވެ.
މިހާރު ކުރިއަށް ގެންދާ މެއިންޓެނެސް މަސައްކަތްތަކަކީ ރެންސަމް ވެއާ އެތޭކްާ ގުޅިގެން ދިމާވި މައްސަލަތައް ފުރިހަމައަށް ހައްލު ކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ