މަދަނީ އަބްދުﷲ ސަރުކާރުން ވަކިކޮށްފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އެ މަގާމުން އިއްޔެ ވަކިކުރައްވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވި ގޮތުގައި "€œސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ އަދި ވަކިކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގެންނެވުމުން"€ ކަމަށެވެ. "[އެހެންވެ] €œއެކަމުގައި ކޮންމެހެން ވަކި ސަބަބެއް އޮންނާކަށް ނުޖެހޭ،"€ އަބްދުﷲ ވަކިކުރެއްވީ ކޮން ސަބަބަކާ ހެދިތޯ ދެންނެވުމުން މުއާޒު ވިދާޅުވި އެވެ. އަބްދުﷲ ސަރުކާރުން ވަކި މިކުރެއްވީ އަދާލަތު ޕާޓީގެ ޓިކެޓްގައި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާ އަށް ވާދަކުރައްވާފައި ވަނިކޮށެވެ. މިކަމާ ގުޅޭ ގޮތުން އަބްދުﷲގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ. އަބްދުﷲ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވިއިރު، އެ މަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ