އަޒްމިރާލްދާ އާއި މަހާޒު ވަކުކުރަށް ޖޭއެސްސީ އިން ނިންމައިފި ކަނޑުއަޑިން ދުނިޔޭގެ ރިކޯޑް ފޮތަށް: ޓެކްނޮލޮޖީގެ އެންމެ އުހުގައި އުރީދޫ! ހާލު ދެރަވި، ރެކްރޫޓަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި: ފުލުހުން އިންސާނާގެ ޝަޚުސިއްޔަތު ކަތިލެވޭފަދަ އެއްވެސް ޚަބަރެއް ފެތ

އިންޑިއާގެ ގައުމީ ޗެނަލް ދޫރުދަރުޝަން ޗެނަލުން ދައްކަމުން އަންނަ މިއުޒިކް ރިއަލިޓީ ޝޯ “ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް”ގެ ދެވަނަ ސީޒަންގައި ދިވެހި ބޭންޑް “ޓޫއޮފްއަސް” އަށް މުބާރާތުގެ ތިން ވަނަ ލިބިއްޖެއެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއް “އެހެރީ ދިވެހި ނިޝާން”ގެ ދިވެހި ކަޑިތަކުން ލަވަ ފެށުމަށް ފަހު، އެ މީހުން ނިންމާލީ އޭގެ ހިންދީ ލަވައިންނެވެ. މީގެ އިތުރުން ދެން އެމީހުން ހުށަހަޅާފައިވަނި 1970 ގެ ފިލްމެއް ކަމަށްވާ “މޭރާ ނާމް ޖޯކަރު” ގެ “ޖީނާ ޔަހާ، މަރްނާ ޔަހާ” ލަވައެވެ.
މި ޝޯގެ ތިން ވަނަ ދިވެހި ބޭންޑަށް ލިބުނުއިރު މުބާރާތުން އެއް ވަނައަށް ހޮވުނީ މޮރިޝަސްގެ ބޭންޑެކެވެ. އަދި ދެވަނަ ލިބުނީ ސްރީ ލަންކާގެ ބޭންޑަކަށެވެ.
އަދުހަމް އާއި ނަސޫހުގެ އިތުރުން މި ބޭންޑުގެ ބައިވެރިންނަކީ އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ