ރިޔާދު، ސައުދީ އަރަބިއްޔާ (މެއި 30) - ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އާ ކޮންޓްރެކްޓެއް ދޭން އަލް ނަސްރުން މަޝްވަރާ ކުރާ ކަމަށް އެ ކްލަބްގެ ސްޕޯޓިން ޑިރެކްޓަރު، ފެނާންޑޯ ހިއޭރޯ ބުނެފި އެވެ.
ރޮނާލްޑޯ، 40، މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު، އަލް ނަސްރަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އަހަރަކު 200 މިލިއަން ޑޮލަރު ލިބޭ ޑީލެއްގަ އެވެ. އެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އަލް ނަސްރުން އާ ޑީލެއްގެ މަޝްވަރާތައް ހުއްޓާލުމުން، ރޮނާލްޑޯ ވަނީ، އަލް ނަސްރުގެ ޗެޕްޓަރު ކެރިއަރުގައި ނިމުނު ކަމަށް ދޭހަވާ ސޯޝަލް މީޑިއާ ޕޯސްޓެއް ޖަހައިފަ އެވެ.
އަންނަ މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕާ ދިމާކޮށް، އެ މުބާރާތުގައި ކުޅޭ ޓީމަކަށް ރޮނާލްޑޯ ބަަދަލުވާނެ ކަމަށް ދޭހަވާ ގޮތަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
ރޮނާލްޑޯ، މިހާރު ކުޅެމުން އަންނަ އަލް ނަސްރު ޓީމު ކްލަބް ވޯލްޑް ކަޕު ނުކުޅުނު ނަމަވެސް ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް އިއްތިހާދުން މި މުބާރާތުގައި ކުޅޭނެ އެވެ. ރޮނާލްޑޯ އަށް އަލް އިއްތިހާދުގެ އޮފާއެއް ނެތް ކަމުގައި ވިޔަސް، އޭނާ ގެންދަން، އަލް ހިލާލުން ވިސްނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅޭ ބްރެޒިލްގެ ޓީމެއް ކަމަށްވާ ބޮޓަފޯގޯ އިން ރޮނާލްޑޯ ގެންދަން ވާހަކަ ދައްކާ ކަމަށް ރިޕޯޓްތައް ބުނާއިރު، ކްލަބް ވޯލްޑް ކަޕްގައި ކުޅޭ، މޮރޮކޯގެ ކްލަބެއް ކަމަށްވާ ވައިދާދް އޭސީން ވެސް ރޮނާލްޑޯ އަށް ހުށަހެޅުމެއް އެބައޮތެވެ.
ހިއޭރޯ ބުނީ، އަލް ނަސްރުން ވެސް ރޮނާލްޑޯގެ ކޮންޓްރެކްޓް މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ހައްލެއް ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދި، ރޮނާލްޑޯ އަލް ނަސްރަށް ގެނައީ ބޮޑު ޕްރޮޖެކްޓެއްގެ ތެރެއިން ކަމަށާއި އޭގެއިން ހާސިލްކުރަން ބޭނުންވާ ކަންކަން އަދިވެސް އެބަހުރި ކަމަށް ހިއޭރޯ ވަނީ ބުނެފަ އެެވެ.
މިދިޔަ ސީޒަނުގައި ވެސް ރޮނާލްޑޯ ވަނީ، އަލް ނަސްރަށް ކުޅެދިން 41 މެޗުން 35 ލަނޑު ޖަހައިފަ އެވެ.
ޔޫރަޕްގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ކްލަބް ވޯލްޑް ކަޕް ކުޅެން ކުރު ކޮންޓްރެކްޓެއްގައި ރޮނާލްޑޯ، ކުރީގެ ކްލަބް ރެއާލް މެޑްރިޑާ ގުޅޭ އަޑުތަކެއް ފެތުރިފައިވާއިރު، އެކަމުގެ އިތުބާރު ހިފޭ ރިޕޯޓެއް ނެތެެވެ. ރޮނާލްޑޯގެ ކެރިއަރުގެ އެންމެ ވިދުންގަދަ ދުވަސްވަރު ކުޅުނު މެންޗެސްޓާ ޔުނައިޓެޑާއި ރޮނާލްޑޯއާ ގުޅުވައިގެން ދެކެވޭ ވާހަކައިގައި ބުރަދަނެއް ނެތް ކަމަށްް ރިޕޯޓްތައް ބުނަނީ، ޔުނައިޓެޑްގެ އަޑިއަޅާލައިފައި އޮތް މާލީ ހާލަތެވެ.
ރޮނާލްޑޯ އަށް އާ ޑީލެއް ދޭން އަލް ނަސްރުން މަޝްވަރާކުރަނީ ރޮނާލްޑޯ އަށް އާ ޑީލެއް ދޭން އަލް ނަސްރުން މަޝްވަރާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ