ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ޖަގަހަތަކަށް އަމާޒުކޮށްގެން އިންޑިއާއިން ދާދިފަހުން ދިން ހަމަލާތަކުގައި ހަނގުރާމަވެރިންގެ ބަޔަކު މަރުވުމާއި ގުޅިގެން، އެކަމަށް ތައުޒިޔާކިޔައި ކޮލަމްބިއާއިން ނެރުނު ބަޔާން އެގައުމުން އަނބުރާ ގެންގޮސްފިއެވެ.
ދެކުނު އެމެރިކާގެ ޤައުމެއްކަމަށްވާ ކޮލަމްބިއާއިން، އެގައުމުން ކުރިން ނެރުނު ބަޔާން އަނބުރާ މިގެންދިޔައީ، އިންޑިއާއިން އެކަމަށް ފާޑުކިޔުމުންނެވެ. އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އެކި ޕާޓީތައް ހިމެނޭ ވަފުދުތަކުން ދުނިޔޭގެ އެކިކަންކޮޅުތަކަށް، އޮޕަރޭޝަން ސިންދޫރާއި ބެހޭ މައުލޫމާތު ދިނުމަށް ކުރަމުންދާ ދަތުރުގެ ތެރެއިން، ކޮލަމްބިއާއަށް ވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހިމެނިވަޑައިގަންނަވާ ސަޝީ ތަރޫރު ވިދާޅުވީ ޓެރަރިސްޓް ހަމަލާއަކާއި، އަމިއްލަ ވަޒަނުގެ ދިފާޢުގައި ދޭ ހަމަލާއަކާއި ތަފާތު ހުންނާނެކަމަށާއި، އެކަން ދަންނަން ވާނެކަމަށެވެ.
ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ ސަޝީ ތަރޫރު ވަނީ އިންޑިއާއިން ޕާކިސްތާނަށް ހަމަލާދޭން މެދުވެރިވި ސަބަބުކަމަށްވާ، ކަޝްމީރުގެ އިންޑިއާ ފަޅީގައި ހަނގުރާމަވެރިން ދިން ހަމަލާ ކޮލަމްބިއާއިން ކުށްވެރިނުކޮށް، އިންޑިއާއިން ދިން ރައްދު ހަމަލާގައި ޕާކިސްތާނު ބަޔަކު މަރުވުމުން އެކަމާ ގުޅިގެން ކޮލަމްބިއާއިން ތައުޒިޔާކީތީ ފާޑުވިދާޅުވެފައެވެ.
ސަޝީ ތަރޫރުއާއި އިންޑިއާގެ ވަފުދުގެ އެހެން ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު ކޮލަމްބިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ވިދާޅުވީ ޕަހަލްގަމްގައި ދިން ހަމަލާއާއި އޭގެ ފަހުގައި އިންޑިއާއިން އަމަލުކުރި ގޮތުގެ ވާހަކައިގެ ތަފްސީލް މިހާރު ލިބިއްޖެކަމަށެވެ.
އޮޕަރޭޝަން ސިންދޫރު: ކޮލަމްބިއާގެ ސްޓޭޓްމަންޓް އަނބުރާ ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ