ރަޝިޔާ-ޔޫކުރެއިން ހަނގުރާމައަށް ތާއީދު އޮތްކަން ހާމަކޮށް، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ މަޝްވަރާ ކުރެއްވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް އިއްޔެ ވަޑައިގެންފި އެވެ.
ރަޝިޔާ-ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން ހުޅަނގުން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުން އަރައިގަތުމަށް ރަޝިޔާގެ ތެލާއި ގޭސް އެހެން ގައުމުތަކަށް ވުރެ ގިނައިން ގަންނަ ގައުމަކީ ޗައިނާ އެވެ.
މޮސްކޯގެ ވުނުކޮވޯ-2 އެއާޕޯޓަށް ޝީ ދަތުރު ކުރެއްވި މަތިންދާބޯޓު ޖައްސާފައި ވަނީ ޔޫކްރެއިންގެ އިތުރު ޑްރޯނެއް މޮސްކޯ ބޭރުން ވައްޓާލި ކަމަށް ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.
މިއީ ޔޫކްރެއިންގެ ޑްރޯންތަކުން މޮސްކޯއަށް ހަމަލާދިން ތިން ވަނަ ދުވަހެވެ. ޝީ ވަޑައިގަތުމުގެ ތިން ގަޑިއިރު ކުރިން ރަޝިޔާގެ މައި އެއް އެއާޕޯޓުގެ ހަރަކާތްތައް ވަގުތީ ގޮތުން ވަނީ މެދުކަނޑާލަން މަޖުބޫރުވެފަ އެވެ.
ދެ ފަރާތުން އެއްބައެއް އަނެއް ބައެއްގެ ވެރިރަށަށް ދޭ ވައިގެ ހަމަލާތަކާ ބެހޭ ގޮތުން ނޫސް ކޮންފަރެންސެއްގައި ސުވާލު ކުރުމުން ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނަކު އެކަމަށް ސީދާ އެއްޗެއް ވިދާޅުނުވެ، ވިދާޅުވީ ޝީގެ ދަތުރުފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ނުތަނަވަސްކަން އިތުރުވިޔަ ނުދިނުމަށް ކަމަށެވެ.
ރަޝިޔާއިން ބުނީ މޮސްކޯއަށް ޔޫކްރެއިންއިން ދޭން އުޅުނު ހަމަލާތަކުން ދައްކުވައިދެނީ ޔޫކުރެއިނުން "ޓެރަރިޒަމްގެ އަމަލުތައް" ހިންގުމުގެ ވިސްނުން ހުރި މިންވަރު ކަމަށެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ހަނދާންތަކުގައި ޝީ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ހަފުލާގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަށް ރަޝިޔާގެ ޖާސޫސީ ހިދުމަތްތަކާއި އަސްކަރިއްޔާއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާކަން ފާހަގަކުރި އެވެ.
ޔޫކްރެއިންގެ އޮފިޝަލުން ބުދަ ދުވަހު ބުނީ ރަޝިއާއިން ކީވްއަށް ރޭގަނޑު ދިން ވައިގެ ހަމަލާގައި މަންމައަކާއި އޭނާގެ ދަރިފުޅު މަރާލާފައިވާ ކަމަށެވެ. ނަމަވެސް ރަޝިޔާއިން ބުނަނީ އެ ގައުމުން އަމާޒުކުރަނީ ހަމައެކަނި އަސްކަރީ ތަންތަނަށް އެކަނި ކަމަށެވެ.
ޝީ އަކީ ނާޒީ ޖަރުމަނުގެ މައްޗަށް ސޯވިއެޓް ޔޫނިއަން އާއި އެ ޖަމާއަތުގެ ބައިވެރިން ހޯދި ކާމިޔާބީއަށް 80 އަހަރު ފުރުމުގެ މުނާސަބަތު ހުކުރު ދުވަހު މޮސްކޯގެ ރެޑް ސްކެއާގައި ބާއްވާ އަސްކަރީ ޕެރޭޑުގައި ބައިވެރިވާނެ ދުނިޔޭގެ އެންމެ ބާރުގަދަ ލީޑަރެވެ.
ޗައިނާގެ ރައީސް ރަޝިޔާއަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ