މ. އަތޮޅުގެ ގެ ފުރަތަމަ އެއާޕޯޓް އާންމު ދަތުރުތަކަށް ހުޅުވާލައިފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އާރުއޭސީއެލް)އިން މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް ކަމަށްވާ މުލި އެއާޕޯޓް އާންމު ދަތުރުތަކަށް ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މުލި އެއާޕޯޓު ތަރައްގީކުރަން ފެށީ އޮގަސްޓު 2021 ގައެވެ. އަދި ރެގިއުލޭޓަރީ ގޮތުން އަޅަންޖެހޭ ޓެސްޓު ފްލައިޓު ވެސް މިދިޔަ އެޕްރީލް 25 ގައި ވަނީ އަޅައި ނިމިފަ އެވެ.
ތަފްސީލު - އާރުއޭސީއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެއާޕޯޓުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެއާޕޯޓުގެ މަސައްކަތް ނިމުމާ އެކު ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށްޓަކައި އާރުއޭސީއެލްއިން ވަނީ އެތެރޭގެ އުދުހުންތައް އޮޕަރޭޓުކުރާ މޯލްޑިވިއަން، ވިލާ އަދި މަންތާއަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.
އެތެރޭގެ އުދުހުންތަކަށް އަމާޒުކޮށްގެން ތަރައްގީކުރި މި އެއާޕޯޓުގައި އޮންނަނީ 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި މުޅި މަޝްރޫއަށް ހަރަދުކޮށްފައިވަނީ 221 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ