ފުލުހުންގެ ހިދުމަތުގެ 9 ބަހާއެއްގެ އިސްވެރިންގެ މަގާމަށް އާ އޮފިސަރުން ކަނޑައަޅައިފި

ދިވެހި ފުލުހުން ހިދުމަތުގެ އިދާރީ ހިންގުމުގައި ހިމެނޭ 9 ބަހާއެއްގެ އިސްވެރިންގެ މަގާމުތަކަށް އާ އޮފިސަރުން ވަނީ ކަނޑައަޅާފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މި ބަދަލުތައް ގެނެސްފައިވަނީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުނެއެވެ.
ބަދަލު ގެނެސްފައިވާ ބަހާތަކުގެ ތެރޭގައި އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް، ޑްރަގް އެންފޯސްމަންޓް، ގޭންގް ކްރައިމް އެންފޯސްމަންޓް، ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް، ތިލަމާލެ ޕޮލިސް، ޓްރެފިކް ޕޮލިސް ސްޕެޝަލިސްޓް، ޓެކްޓިކަލް ރެސްޕޮންސްގެ އިތުރުން ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓް އަދި ޕްރޮޓެކްޓިވް ސެކިއުރީ ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ