އިންޑިއާގެ އަރޫނަޗަލް ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ ޔޫޕިއާގައި މިއަދު ފެށި ސާފްގެ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އިން ދެ ލަނޑު ޖަހާ ކުރި ހޯދާފައި އޮއްވާ ފަހު ހާފުގައި ރާއްޖެއިން 2-2 އިން އެއްވަރުކޮށްފި އެވެ.
މި ސަރަހައްދުގެ އުމުރު ފުރައިގެ މުބާރާތްތަކުގައި އަބަދުވެސް ވަރުގަދަކޮށް އުޅޭ ބަންގްލަދޭޝް އިން ފުރަތަމަ ހާފު ނިންމާލ ީ2-0 އިން ކުރި ހޯދައިގެންނެވެ.
އެކަމަކު ދެ ވަނަަ ހާފުގައި ރާއްޖޭގެ އަނޫފް އަބްދުﷲ އާއި އީތަން އިބްރާހިމް ޒަކީ ޖެހި ރީތި ދެ ލަނޑުން މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މި ގްރޫޕްގައި ދެން އޮތީ ބޫޓާން އެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދާނެ އެވެ.
ރާއްޖޭގެ ޓީމު ބިނާވަނީ މުޅިން ވެސް 17 އަހަރުގެ ކުޅުންތެރިންނަށެވެ. އެކަމަކު ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނީ މިއީ މި ފަހުން ރާއްޖޭގައި އެކުލާވާލި 19 އަހަރުން ދަށުގެ އެންމެ ރަނގަޅު އެއް ޓީމު ކަމަށެވެ.
ރާއްޖޭގެ ދެވަނަ މެޗުގައި ބޫޓާނާ އެކު ކުޅޭނީ އަންނަ އަންގާރަދުވަހު އެވެ.
މުބާރާތުގެ ގްރޫޕް ބީގައި އޮތީ އިންޑިއާ އާއި ސްރީ ލަންކާ އަދި ނޭޕާލެވެ.
ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝްއާ އެއްވަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ