ރޯދަމަހަށް ކަރަންޓު ބިލުން ޑިސްކައުންޓް ދިންކަމަށް ބުނެ ސްޓެލްކޯއިން އާންމު ރައްޔިތުންނަށް އޮޅުވާލާފައިވާކަން ހާމަވެއްޖެއެވެ.
ފާއިތުވި މަހު ކަރަންޓު ބިލްތަކަށް ޚާއްޞަ ޑިސްކައުންޓެއް ދޭނެކަމަށް ސްޓެލްކޯއިން އިޢުލާންކުރުމަށްފަހު، މި މަހު ކަރަންޓު ބިލްތައް ލިބުނު ގިނަ ރައްޔިތުން ކުރިއަށްވުރެ ބޮޑެތި އަދަދުތަކުން ބިލްތައް ބޮޑުވެފައިވާކަމުގެ ޝަކުވާތައް ކުރާން ފަށައިފިއެވެ.
“އަޅުގަނޑުމެންނަށް ކަރަންޓު ބިލަށް 15% ޑިސްކައުންޓެއް ދޭނެކަމަށް ބުނެ އެންގި. އެކަމަކު މިމަހު ބިލް އައިއިރު ކުރީ މަހަށްވުރެ 20% އިތުރުވެފައި. މިއީ ރައްޔިތުންނަށް އޮޅުވާލުމެއް ނޫންތޯ؟” މާލޭގެ ރައްޔިތެއްކަމަށްވާ އަހުމަދު ނަސީމް “ދިޔަވަރު އޮންލައިން” އާއި ވާހަކަ ދައްކަމުން ވިދާޅުވިއެވެ.
ގިނަ ރައްޔިތުން ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ޝަކުވާ ކުރަމުންދާއިރު، ބައެއް ފަރާތްތަކުން ވަނީ ސްޓެލްކޯގެ ކަސްޓަމަރ ސަރވިސްއަށް ގުޅައި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައެވެ.
ނަމަވެސް ސްޓެލްކޯއިން ބުނެފައިވަނީ، މޫސުން ހޫނުވުމާ ގުޅިގެން އެއަރކޮންޑިޝަނަރ ބޭނުންކުރުން އިތުރުވުމަކީ ބިލްތައް ބޮޑުވުމަށް މެދުވެރިވި ސަބަބަކަށްވުން އެކަށީގެންވާ ކަމުގައެވެ. އެހެންނަމަވެސް, މިއަބަދުވެސް ބިލްތައް ބޮޑުވުމުން ސްޓެލްކޯއިން ދައްކާ އުޒުރެކެވެ. ގިނަ ރައްޔިތުން ފާހަގަކުރާ ގޮތުގައި, ސްޓެލްކޯއިން ވަނީ އަމިއްލަ ފައިދާއަށް ބިލްތަކުން މަކަރުހަދާފައެވެ.
ކަރަންޓު ބިލުން ޑިސްކައުން ދޭނެކަމަށްބުނެ ކޮންމެ ރޯދަމަހަކުވެސް ސްޓެލްކޯއިން ދަނީ އާންމު ރައްޔިތުންނަށް އޮޅުވާލަމުންނެވެ. އެގޮތުން ފާއިތުވި ރޯދަމަހު އާންމު ރައްޔިތުންގެ ޝަކުވާތައް އިތުރުވުމުން, ދެވަނަ ފަހަރަށް ސްޓެލްކޯއިން ބިލްތަކަށް ޑިސްކައުންޓް ދީފައިވެއެވެ.
ކަރަންޓު ބިލުން ޑިސްކައުންޓު ދިންކަމަށް ބުނެ ސްޓެލްކޯއިން މި ރޯދަމަހުވެސް ހެދީ މަކަރާތް ހީލަތް! މިފަހަރުގެ ކަރަންޓު ބިލްތައް އައިއިރު އިހުނަށްވުރެ ބިލްތައް ވީ ބޮޑު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ