257 ޒުވާނުންނާ އެކު ޚަޠީބުން ތަމުރީނުކުރުމުގެ ތިންވަނަ ޕްރޮގްރާމް ފަށައިފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ތިންވަނަ ބެޗުގެ ތަމްރީނު ޕްރޮގްރާމްތައް މިއަދު ފަށައިފިއެވެ. ޚަޠީބުންގެ ޕްރޮގްރާމް ހިންގަން ފެށީ ރާއްޖޭގައި އިމާމުން ލިބުން މަދުވުމާ ގުޅިގެންނެވެ. އެގޮތުން، ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދުކޮށް، ޚުތުބާ ކިޔުމަށް ޝައުގުވެެރިވާ ކުދިންނަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ޚަތީބުކަމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. ޒުވާން ޚަތީބުންގެ ދެ ބެޗެއްގެ ތެރެއިން، 300އަށްވުރެ ގިނަ ޚަތީބުންވަނީ މިހާރު ވަނީ އުފެދިފައެވެ. މިއަދު ވަނީ އެ ޕްރޮގްރާމްގެ ތިންވަނަ ބެޗު ފަށައިފައެވެ. ޚަޠީބުން ތަމްރީނުކުރުމުގެ ތިންވަނަ ޕްރޮގްރާމް ފެށުން: 257 ޒުވާނުން ބައިވެރިވިކަމަށް އިސްލާމިކް މިނިސްޓްރީން ބުނި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އިސްލާމިކް މިނިސްޓްރީން ބުނީ، އެ ބެޗުގައި 257 ޒުވާނުން ބައިވެރިވެފައިވާ ކަމަށެވެ. އަދި، ތިންވަނަ ބެޗު ނިމުމުން ކުރީގެ ބެޗުތަކާ އެކު ޖުމުލަ 500 ޚަޠީބުން ތަމްރީނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަމާޒަކީ މި ދައުރުގެ ތެރޭގައި އެއްހާސް ޚަޠީބުން ތަމުރީނުކުރުން ކަމަށާއި ދިވެހިރާއްޖޭގެ މުސްތަގުބަލުގެ އިސްލާމީ ލީޑަޝިޕްގެ ސަފުތައް މިއަދު ތަމުރީނު ކުރުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. https://sun.mv/207397 ފާހަގަކޮށްލެވޭ ގޮތުގައި މި މަހުގެ 17 ވަނަ ދުވަހު ކައުންސިލަރުންނަށް އަމާޒުކޮށްގެން ބާއްވާ ޚަތީބުކަމުގެ ކޯހުގެ 50 ފުރުސަތަށް އެދި ކުރިމަތިލުމުގެ ފުރުސަތު ވެސް އިސްލާމިކް މިނިސްޓްރީން ހުޅުވައިލިއެވެ. ހަފުތާ ބަންދު ނޫން ހުރިހާ ދުވަހެއްގެ ރޭގަނޑު 20:30 އިން 22:30 ގެ ނިޔަލަށް ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މި ކޯސް 15 ހަފުތާއަށް ކުރިއަށްދާނެ ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ. ޚަޠީބުންގެ ޕްރޮގްރާމަކީ ޚަތީބުންގެ އާ ޖީލެއް އުފެއްދުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން މިނިސްޓްރީން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ