ސެންކޯއިން 'ގުޑް ސޯލް' ބްރޭންޑު ރާއްޖެއަށް؛ ރަހަ ބަލަން ދާންވީ ފުޑް ކާނިވަލަށް

ކޮރެއާ ކެއުން ކާ ހިތްވާ މީހުންނަށް ލުއި އަދި 'އޮތެންޓިކްކޮށް' އެ ރަހަތައް ބަލައިލަން އޮތް އެއް ގޮތަކީ 'ގުޑް ސޯލް' ބްރޭންޑެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ 'މޯލްޑިވްސް ފުޑް ކާނިވަލް'ގައި ސެންކޯ މޯލްޑިވްސްއިން ވަނީ މި ބްރޭންޑް ރާއްޖެއަށް ތައާރަފްކޮށްފަ އެވެ. އެހެންކަމުން ދެން ކޮރެއާއަށް ނުގޮސް، ރާއްޖޭގައި ތިބެގެން ވެސް ކޮރެއާގެ މީރު ރަހަތަކަށް އިންސާފު ކޮށްލެވިދާނެ އެވެ.
މޯލްޑިވްސް ފުޑް ކާނިވަލްގައި ސެންކޯ މޯލްޑިވްސްގެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންނަށް އެއްވެސް އަގަކާ ނުލައި ގުޑް ސޯލް ބްރޭންޑުގެ އެކި ޕްރޮޑަކްޓްތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ރަހަ ކަމުގޮސްފި ނަމަ، އެ ސްޓޯލުން އެ ޕްރޮޑަކްޓެއް ގަންނަން ވެސް ލިބޭނެ އެވެ.
ސެންކޯ މޯލްޑިވްސްއިން ރާއްޖެއަށް ތައާރަފްކުރި ގުޑް ސޯލް ބްރޭންޑުގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި އެކި ކަހަލަ ރައިސް ކޭކްސް، ޑަމްޕްލިންސް އަދި ކޯން ޑޯގް ހިމެނެ އެވެ.
މި ޕްރޮޑަކްޓްތަކުގެ ތެރޭގައި އިންސްޓެންޓް މީލްސް ނުވަތަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭ ބާވަތްތަކާއި ވަގުތުން އިންސާފުކޮށްލެވޭ އުފެއްދުންތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ