އެސްޓީއޯ އާއި މަކިޓާއާ ދެމެދު އޮތް 25 އަހަރުގެ ގުޅުން ކުލަގަދަކޮށް ފާހަގަކޮށްފި އެސްޓީއޯ އާއި މަކިޓާއާ ދެމެދު އޮތް 25 އަހަރުގެ ގުޅުން ކުލަގަދަކޮށް ފާހަގަކޮށްފި

އެސްޓީއޯ އާއި މަކިޓާއާ ދެމެދު އޮތް ޕާޓްނާޝިޕަށް 25 އަހަރު ފުރުން ކުލަގަދަކޮށް ރޭ ފާހަގަކޮށްފި އެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ހަފްލާ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ޝަރަފުވެރިކޮށްދެއްވިއިރު، އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމްގެ އިތުރުން މަކިޓާގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓާ ކޯޕަރޭޓް އޮފިސާ އޮމޮޓޭ ޓަކާޝީ ވެސް ހަފްލާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ހަފްލާގެ ތެރެއިން މަކިޓާގެ އައު ޓޫލްސްތައް ތައާރަފްކޮށް، ހާއްސަ އެކްސްޕީރިއަންސް ޒޯނެއްގައި ބައެއް ޓޫލްސްތައް ބޭނުންކުރެވޭ ގޮތް ބައިވެރިންނަށް ދައްކާލި އެވެ.
ހަފްލާގައި ވާހަކަދައްކަވަމުން އޮމޮޓޭ ޓަކާޝީ އަދި އިޝިގާމީ ރުމިކޯ ވަނީ އެސްޓީއޯ އާއި މަކިޓާއާ ދެމެދު އޮތް ގުޅުން ފާހަގަކޮށް އޭގެ ސަބަބުން ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކޮށް އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.
މީގެއިތުރުން މަކިޓާއާއި އެސްޓީއޯގެ ޕަރޓްނަރޝިޕްގެ ސަބަބުން ޖަޕާނާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ކޮށްފައިވާ ހެޔޮ ބަދަލުތައް އިޝިގާމީ ރުމިކޯ ފާހަގަ ކުރެއްވި އެވެ.
އެސްޓީއޯ މަކިޓާއިން އެންމެ ގިނައިން ވިޔަފާރި ކުރި ކަސްޓަމަރުންނަށާއި އެސްޓީއޯ މަކިޓާއާއި ގާތް ގުޅުމެއް ބާއްވަމުން ގެންދާ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ހަފްލާގެ ތެރެއިން ވަނީ އުރުވާފަ އެވެ.
އޭގެ ތެރޭގައި އެމްއޭސީއެލް، އެޗްޑީސީ، ސްޓެލްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއެންޑީއެފް، ޔުނިވާސަލް ހޯކްސް ޕްރައިވެޓް ލިމިޓެޑް، އެލިއާ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް، އެސްޖޭ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ