މޫސުން ވަރަށް ގޯސް، ދެކުނުގެ ދެ ސިޓީ ފިޔަވާ ހުރިހާ އަތޮޅަކަށް އިންޒާރު

މޫސުމާބެހޭ ގައުމީ އިދާރާ -- މެޓު އޮފީހުން ބުނީ ހއ އަތޮޅުން ފެށިގެން ގދ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.
ރާއްޖޭގެ މޫސުން ގޯސްވެ ދެކުނުގެ ދެ ސިޓީ -- އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީ ފިޔަވާ އެހެން ހުރިހާ ސަރަހައްދަކަށް މޫސުމީ އިންޒާރުި ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ -- މެޓު އޮފީހުން ބުނީ ހއ އަތޮޅުން ފެށިގެން ގދ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ. ހުދު ސަމާލު ނެރެނީ މޫސުން ފުދޭ ވަރަކަށް ގޯސްވުމުންނެވެ.ސަމާލު ނެރެފައިވަނީ މިރޭ 12:30 އާ ހަމައަށެވެ. މެޓުން ބުނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ގުގުރާނެ ކަމަށް ވެސް ލަފާ ކޮށްފައިވެ އެވެ.ވޭތުވެދިޔަ ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯހެވެ. މާލެ ސިޓީއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވި އެވެ. މިހާރު ވެސް މާލެ ސަރަހައްދުގެ މޫސުން ރަނގަޅެއް ނޫނެވެ. ދޭތެރެ ދޭތެރެއިން ވިދުމާ އެކު ގުގުރަ އެވެ. އަދި ކޮންމެވެސް ވަރަކަށް ވާރޭ ވެސް ވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ