ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަގުބޫލު އުފެއްދުންތައް ވިއްކާ މިނީސޯ އިން "ވަން ޕީސް" ކަލެކްޝަން ރޭ ރާއްޖޭގެ މާކެޓަށް ނެރުމުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ރާއްޖޭގެ މާކެޓަށް ވަން ޕީސް ކަލެކްޝަން ނެރުމަށް މަޖީދީ މަގުގައި އަލަށް ހުޅުވި މިނީސޯގެ ފިހާރާގައި ބޭއްވި ލޯންޗިން އިވެންޓުގައި ގިނަ ބަޔަކު ބައިވެރިވެ، އެ ކަލެކްޝަންގައި ހިމެނޭ ތަކެތި ވަނީ ގަނެފަ އެވެ.
ވަން ޕީސް ކަލެކްޝަންގައި ޕްލަޝް ޕެންޑެންޓް، ބާލީސް، ޕްލާސްޓިކް ފުޅި އަދި މެޓަލް ބެޖް ހިމެނެ އެވެ. އޭގެއިތުރުން ވެސް ކަލެކްޝަނަށް އިތުރު އުފެއްދުންތައް ގެންނާނެ ކަމަށް މިނީސޯއިން ބުންޏެވެ.
މިނީސޯއަށް ވަން ޕީސް ކަލެކްޝަން ނެރުން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު
ރާއްޖޭގައި މިނީސޯގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވީ 2020 ގަ އެވެ. އެ ފުރެންޗައިޒް ރާއްޖެއަށް ތައާރަފު ކުރީ ރާއްޖޭގެ އެންމެ އިތުބާރު ލިބިފައިވާ ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ސޮނީ ސްޕޯޓްސް އިންނެވެ.
މާލޭގައި މިހާރު ވެސް މިނީސޯގެ ދެ ފިހާރަ ހުރެ އެވެ. މީގެ އިތުރުން ހުޅުމާލޭގައި ވެސް މިނީސޯގެ ފިހާރައެއް ހުރެ އެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި 90 އަށް ވުރެ ގިނަ ގައުމުގައި 10،000 އަށް ވުރެ ގިނަ ފިހާރަ ހިންގަމުން އަންނަ މިނީސޯއަކީ ހެޔޮ އަގުގައި ތަފާތު ގިނަ ސާމާނު ވިއްކުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ފްރެންޗައިޒެކެވެ
މިނީސޯއަށް "ވަން ޕީސް" ކަލެކްޝަނެއް ނެރުމުން ބޮޑު ތަރުހީބެއް މިނީސޯއަށް "ވަން ޕީސް" ކަލެކްޝަނެއް ނެރުމުން ބޮޑު ތަރުހީބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ