އުރީދޫ ބިޒްނަސްއިން ދިވެހި ވިޔަފާރިތަކަށް ގޫގުލް ވޯކްސްޕޭސްގެ ހިދުމަތް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުދި އަދި މެދު ފަންތީގެ
ވިޔަފާރިތަކަށް ގޫގުލް ވޯކްސްޕޭސް ތައާރަފް ކުރުމަށް އުރީދޫ މޯލްޑިވްސްއިން ގޫގުލް ކްލައުޑްއާ ގުޅިއްޖެ އެވެ.
ވީ ކިހިނެއް؟ - އުރީދޫއިން ބުނީ މި ޕާޓްނަޝިޕްއާ އެކު އުރީދޫއިން
ވިޔަފާރިތަކަށް އުފެއްދުންތެރިކަމާއި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުކޮށްދޭ،
އީޖާދީ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ.
ތަފްސީލު - ގޫގުލް ވޯކްސްޕޭސް އަކީ 'ކްލައުޑް ބޭސްޑް'
ޕްލެޓްފޯމެކެވެ. އެއާ އެކު ޖީމެއިލް ބޭނުންކޮށްގެން، ޕްރޮފެޝަނަލް އީމެއިލް އަދި ގޫގުލް ޑްރައިވް މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި:
ރައްކާތެރި ކްލައުޑް ސްޓޯރޭޖް
ގޫގުލް ޑޮކްސް
ގޫގުލް ޝީޓްސް
ގޫގުލް ސްލައިޑްސް
ގޫގުލް ކަލަންޑަރުން ޝެޑިއުލް ކުރުން
ގޫގުލް މީޓް އަދި ގޫގުލް ޗެޓުން ޗާޗުއަލް މީޓިންތައް ބޭއްވޭނެ
އުރީދޫއިން ބުނީ އެ ހިދުމަތްތަކާ އެކު ކުންފުނިތައް އިތުރަށް ހަރަދަނާކަމާއި އަވަސްކަމާއި ރައްކާތެރިކަމާ އެކު ކުރިއަށްގެންދެވޭނެ ކަމަށެވެ.
އެއާ އެކު ކުންފުނިތަކަށް
ލިބޭ ފައިދާތަކަކީ:
ޕާސަނަލައިޒްޑް ބިޒްނަސް އީމެއިލް: ޕްރޮފެޝަނަލް، ބްރޭންޑެޑް އީމެއިލް އެޑްރެސްތަކާ އެކު ކްރެޑިބިލިޓީ ގާއިމްކުރުން
ގުޅިގެން މަސައްކަތް ކުރުން ރަނގަޅު ކުރުން: ޑޮކިއުމެންޓްސް، ސްޕްރެޑްޝީޓް، އަދި ޕްރެޒެންޓޭޝަންތައް ކޮންމެ ތާކުން ވެސް ރިއަލްޓައިމްގައި އެއްބާރުލުންދިނުން
ސެކިއުރިޓީ ކްލައުޑް މެނޭޖްމަންޓް: އިންޓެގްރޭޓެޑް ސެކިއުރިޓީ އަދި ކޮމްޕްލަޔަންސް އެކުލެވިގެންވާ ކްލައުޑް ބޭސްޑް ޓޫލްސް
އުފެއްދުންތެރިކަން: ޖީމެއިލް، މީޓް، ޑްރައިވް، ޑޮކްސް އަދި އެ ނޫންވެސް ވަސީލަތްތަކަށް ފަސޭހަކަމާއެކު ބަދަލުވުން
ރިމޯޓްކޮށް މަސައްކަތް ކުރުން: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ އެކަށޭނަ އަދި ހަރުދަނާ ކަމާއެކު މަސައްކަތް ކުރުން
ލޯކަލް ބިލް އެންޑް އެސިސްޓެންސް: އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ރަޖިސްޓްރޭޝަން، ފްލެކްސިބަލް ލައިސަންސިން، ކޮމްޕެޓިޓިވް ރޭޓް، އަދި ރިލަޔަބަލް ލޯކަލް ސަޕޯޓްގެ ފައިދާ ލިބެނީ
ބުނީ ކީކޭ؟ - "އުރީދޫގެ
އަމާޒަކީ މިހާރުގެ ޑިޖިޓަލް މާހައުލުގައި ރާއްޖޭގެ ވިޔަފާރިތައް ކާމިޔާބުވުމަށް އެހީތެރިވެދިނުން،" އެ ހިދުމަތްތަކާ ބެހޭގޮތުން އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
"ގޫގުލް ވޯކްސްޕޭސް ފަދަ ލީޑިން ޓޫލްސްތައް ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދީ،
ކުންފުނިތަކުގެ މަސައްކަތްތައް ކުރާ ގޮތް ބަދަލުކޮށް، އެފިޝަންސީ އިތުރުކޮށް،
ކަނެކްޓިވިޓީ ހަރުދަނާ ކުރަމުން ގެންދަނީ. މިއީ ޓެކްނޮލޮޖީއަށް ވުރެ މާ ބޮޑު
ކަމެއް. އެއީ ވާދަވެރި ދުނިޔޭގައި ހުރިހާ ސައިޒެއްގެ ވިޔަފާރިތަކަށް ހަގީގީ އަގު
ހޯދައިދީ، އެ ވިޔަފާރިތަކުގެ ކުރިއެރުމާއި، އީޖާދީ އަދި ކާމިޔާބީއަށް އެއްބާރުލުން
ދިނުން."
އުރީދޫގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ ވިދާޅުވީ ގޫގުލް
ވޯކްސްޕޭސްއާ އެކު އުރީދޫ ބިޒްނަސް މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ
ވިޔަފާރިތަކާއި ސްޓާޓްއަޕް އަދި ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތަށް، ގުޅިގެން
މަސައްކަތް ކުރާ ގޮތް ބަދަލުކޮށްލާ، ކުންފުނިތަކުގެ މަގްސަދުތައް ހާސިލް ކުރުމަށް
މަގުފަހިކޮށްދޭނެ ކަމަށެވެ.
އެނގުން މުހިންމު - ގޫގުލް ވާކްސްޕޭސް ތައާރަފް ކުރުމާ އެކު އުރީދޫއިން ވިޔަފާރިތަކަށް ހާއްސަ، ގޫގުލް ވޯކްސްޕޭސް ޕްލޭންތައް ލިބޭނެ އެވެ.
އުރީދޫއިން ބުނީ އޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ކުރިއަރަމުން އަންނަ ޑިޖިޓަލް
އިކޮނޮމީގައި ވާދަވެރި، މުސްތަގުބަލަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ