ހުޅުމާލެ ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް ނަރސިންގެ ޚިދުމަތް ފަށައިފިއެވެ.
މިއީ އާންމުކޮށް ބޭނުންވާ ނާރސިންގެ ފަރުވާތައް ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ތަޢާރަފުކުރެވުނު ޚިދުމަތެއް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ތަޢާރަފުކުރި މި ޚިދުމަތާއެކު ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް ބަލި މީހުން ބޭނުންވާ ބައެއް ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ލިބިގެންދާނެއެވެ. މީގެ ތެރޭގައި އިންޖެކްޝަން ޖެހުމާއި ބޭސްއެޅުންފަދަ ޚިދުމަތްތައް ހިމެނެއެވެ.
- އާވި އަރުވައިދިނުން
- ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުން
- ހަކުރު ބަލައިދިނުން
- ލޭ ނެގުމާއި ލޭ ހަދިޔާކުރުމުގެ ޚިދުމަތް
ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ އެ ހޮސްޕިޓަލުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް، ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިން ކަމަށެވެ. އަދި އަޅާލުމާ އޯގާތެރިކަމާއެކު ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދޭ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ފޯރުކޮށްދިނުމަކީ އެ ހޮސްޕިޓަލުގެ އަމާލެއް ކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް ނަރސިންގެ ޚިދުމަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ