ރިޓަޔާކުރާ ފުލުހުންގެ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެންނަނީ

"ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއި އެކު ދޭ އިނާޔަތްތައް ހިސާބުކުރުމުގައި އޮތް ލިމިޓު ބަދަލުކުރުމަށް ނިންމާފައިވާކަމުގެ އުފާވެރި ޚަބަރު. ހަމައެއާއި އެކު އެ ފުުލުހުން ޚިދުމަތްކޮށްފައިވާ މުއްދަތަށް ބަލާ، ލިބޭ އިނާޔަތްތައް ހަމަޖައްސާދިނުމުގައި ޚިދުމަތުގައި 25 އަހަރު ވުމަށް ފަހު ޚިދުމަތުގައި ދެމިހުރި ފުލުހެކޭ އެއްފަދައިން ބޭސްފަރުވާ ހަމަޖައްސާދިނުމަށް މިހާރު ވަނީ ނިންމާފައި." އިނާޔަތްތަކަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަނަރ ވިދާޅުވިއެވެ.
ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ވަސީލަތްތައް އިތުރުކުރުމާއި، މީހުން ތަމްރީންކުރުން ފަދަ މަސައްކަތްތަކަށް ފުލުހުންގެ އިދާރާއިން ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ފުލުހުންގެ މަސައްކަތްތައް ހިންގުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށާއި، ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ