އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލްސްގެ ތިންވަނަ މެޗު ސެން އެންޓޯނިއޯ ސްޕަރސް އިން ކާމިޔާބުކޮށް ނިއުޔޯކް ނިކްސް އާއި ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.
ނިއުޔޯކްގެ މެޑިސަން ސްކުއެއަރ ގާޑެންގައި ކުޅުނު މިފައިނަލްގެ ތިންވަނަ މެޗުގައި ނިކްސްގެ މައްޗަށް ސްޕަރސްއިން ކުރި ހޯދާފައިވަނީ 115 ޕޮއިންޓް 111 ޕޮއިންޓުންނެވެ. މިދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ދެ މެޗު ރަށުން ބޭރުގައި ނިކްސް ކާމިޔާބު ކުރި ނަމަވެސް އަމިއްލަ ކޯޓުގައި ކުޅުނު މެޗުގައި ސްޕަރސްގެ ކުޅުންތެރިން ހިފަހައްޓާލެވޭގޮތެއް ނުވިއެވެ. ހާއްސަކޮށް ވިކްޓަރ ވެމްބަންޔާމާ ހިފެހެއްޓުމުގައި ނިކްސްއަށް މިމެޗުގައި ކުރި ލިބޭގޮތެއްނުވިއެވެ. މިމެޗުގައި ވެމްބަންޔާމާވަނީ 23 ޕޮއިންޓް ހޯދައިދީފައެވެ.
މިނާކާމިޔާބީ އާއެކު ނިކްސް މިވަނީ 13 މެޗަށް ފަހު ފުރަތަމަ ފަހަރަށް ޕްލޭ އޮފް މެޗަކުން ބަލިވެފައެވެ. މިމެޗުގައި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދައިދިން ޖަލެން ބްރުންސެންއެވެ. އަދި އޯޖީ އަނުނޯބީ ވަނީ 28 ޕޮއިންޓް ހޯދައިދީފައެވެ.
ނިކްސް އެންމެ ފަހުން ޕްލޭ އޮފްސްގައި ބަލިވެފައިވަނީ އެޕްރީލް 23 ވަނަ ދުވަހު އީސްޓަރން ކޮންފަރެންޗްސްގެ ފުރަތަމަ ބުރުގެ އެޓްލަންޓާ ހޯކްސް އާއި ބައްދަލުކުރި މެޗުތަކުގެ ތެރެއިން ތިންވަނަ މެޗުގައެވެ. ނިކްސްގެ ކާލް އެންތަނީ ޓައުންސް ހާމަކުރިގޮތުގައި އެޓީމުން ޖެހިޖެހިގެން 13 މެޗު ކާމިޔާބު ކުރިފަދަ ކުޅުމެއް މިމެޗުގައި އެޓީމަށް ނުދެއްކުނު ކަމަށެވެ.
ވެމްބަންޔާމާ ބުނީ އަމިއްލަ ކޯޓުގައި ކުޅުނު ހީވީ އަމިއްލަ ޓީމުގައި އެއް ކުޅުންތެރިއެއް މަދުހެން ކަމަށެވެ. ނަމަވެސް ރަށުން ބޭރުގައި ކުޅުނު މިމެޗުގައި ހީވީ އެޓީމުގައި އެއް ކުޅުންތެރިއެއް ގިނަހެން ކަމަށެވެ. ސްޕަރސްގެ މިހާރުގެ އުންމީދަކީ ނިކްސްގެ ކޯޓުގައި ކުޅޭ ހަތަރުވަނަ މެޗުވެސް ކާމިޔާބުކޮށް މިފައިނަލްސްގައި ދެމެޗު ދެމެޗުން އެއްވަރު ކުރުމެވެ.
މިމެޗު ބައްލަވާލެއްވުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަޑައިގެންނެވިއެވެ. މިއީ އެން.ބީ.އޭ.ގެ ތާރީހްގައި ފައިނަލްސްގެ މެޗެއް ބައްލަވާލެއްވުމަށް އެމެރިކާގެ ރައީސެއް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އެންބީއޭ ފައިނަލްސް: 3ވަނަ މެޗު ސްޕަރސްއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ