މޫސުން: ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ. ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރެވޭ ގޮތުގެ މައުމޫމާތު ދެމުން މެޓް އޮފީހުން ބުނީ، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވައިޖެހޭނެ ކަމަށް ލަފާކުރަނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުނާއިރު ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާ 5 ފޫޓާ ދެމެދުގައެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހުޅަނގުމޫސުމުގެ ވިއްސާރައެވެ.
މިދިޔަ މެއިމަހުގެ ފުރަތަމަ ހަފުތާގައި ފެށުނު ހުޅަނގުމޫސުމުގެ ބާރުގަދަވެ ފާއިތު މިވީ މުއްދަތުގެ ތެރޭގައި ބައެއް ދުވަސްވަރު މޫސުން ވަރަށް ގޯސްވިއެވެ.
މިއަހަރުގެ އޮގަސްޓްގައި ގިނަ ހިސާބުތަކަށް ވާރޭ ވެހޭ މިންވަރު، މިދުވަސްވަރަށް އާންމުކޮށް ވެހޭ ވަރަށްވުރެ މަދުވާނެކަމަށް ބެލެވެއެވެ. ނަމަވެސް އުތުރުގެ ބައެއް ރަށްތަކަށް މިދުވަސްވަރަށް އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރުވުން އެކަށީގެން ވެއެވެ.
މި ދުވަސްވަރު ފިނިހޫނުމިން ހުރިހާ ހިސާބެއްގައިވެސް އާންމު މިންގަނޑަށްވުރެ މަތި ވާނެކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ