ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށްވެސް އެއްވެސް ސަރުކާރަކުން ކަންތައް ނުކުރިޔަސް އަޅުގަނޑުމެން މަޑުން ތިބެނީ ގާނޫނާއި އެއްގޮތަށް، ކަންކަން ކުރޭތޯބަލަން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވީޓީވީން ގެނެސްދިން 'ހާސްކަނޑާލާ ހަމަޖެހޭނެ' މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީއާއެކީގައި ހަދާ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށްވެސް އެއްވެސް ސަރުކާރަކުން ކަންތައް ނުކުރިޔަސް އަޅުގަނޑުމެން މަޑުން ތިބެނީ ގާނޫނާއި އެއްގޮތަށް، ކަންކަން ކުރޭ ތޯބަލަން ކަމަށެވެ.
ގާނޫނާއި އެއްގޮތަށް ކަންކަން ކުރާނަމަ، ރާއްޖޭގެ އިސްލާމްދީނާއި އިސްލާމްދީނުގެ ހަމަތަކާއި އެއްގޮތަށް ހިފެހެއްޓިގެން ދާނެ ކަންތައްތަކެއް މީގެތެރޭގައި ހިމެނިގެން ދާނެކަން ކަށަވަރު ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މިކަންކަން ރާއްޖޭގެ ރައްޔިތުންނަށް ގެނައުމަށްޓަކައި މިއީ އެމަނިކުފާނުގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމުގައި ވާތީ އެމަނިކުފާނަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާކަން ގާސިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިތުރު ތަފްސީލް އަންނަނީ.....
މަޑުން ތިބެނީ ގާނޫނާއި އެއްގޮތަށް، ކަންކަން ކުރޭތޯބަލަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ