މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު 1،000،000ރ. އިން ޖޫރިމަނާކޮށް 25 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ ހުކުމް އިއްވާފައި ވަނީ އައްޑޫ ހިތަދޫ، ހެޕީ ފިއުޗާ، މުހައްމަދު ސުއައިދު އަހްމަދުގެ މައްޗަށެވެ.
އޭނަގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
ސުއައިދު މައްޗަށް އެ ދެ ދައުވާކުރީ، ހ. ލުމެން ގޭގެ ތިން ވަނަ ފްލޯގެ އެޕާޓްމަންޓްގައި މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު ކައުންޓާ ނާކޮޓިކްްސް އިންޓެލިޖެންސް އިން ފުލުހުންނަށް ހިއްސާ ކުރުމާ ގުޅިގެން، ހުޅުމާލެ ފިތުރޯނު މަގުގައި ހުންނަ ރަށު މާރުކޭޓް ކައިރީގައި އޭނާ ހުއްޓައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރު ކުރުމަށް ފަހު ލައިގެންހުރި އަންނައުނު ބަލައި ފާސްކުރުމަށް ފަހު އެވެ. އެގޮތުން އެ ގެއަށް ގެންގޮސް ކޯޓު އަމުރުގެ ދަށުން އެ އެޕާޓްމަންޓް ބަަލައި ފާސްކުރިއިރު، އެތަނުން ކޮކެއިން އާއި މެފެޑްރޯން ފެނިފައިވެ އެވެ.
މި މައްސަލަ ކޯޓުގައި ކުރިއަށްދިޔަ ފުރަތަމަ ކޮޅުގައި އެ ދައުވާތަކަށް އިންކާރުކުރި ނަމަވެސް، ފަހުން ޕްރޮސިކިއުޓާ ޖެނެރަލްއާ އެކު ސުއައިދު އިއުތިރާފްގެ އެއްބަސްވުމެއް ހެދި އެވެ. އޭގެ ދަށުން ކޮންމެ ދައުވާއަކަށް 50،000 ރުފިޔާގެ ޖޫރިމަނާއާއެކު، 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލާން ހުކުމްކޮށް 12 މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ މީރާ ދައްކަން އަމުރުކޮށްފަ އެވެ.
ޑްރަގެ މައްސަލައެެއްގައި ހިތަދޫ މީހަކު 25 އަހަރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ