ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން އިސްވެ، އީރާނަށް ވައިގެ ހަމަލާތައްދޭން ފަށައިފިއެވެ.
އަލްޖަޒީރާއިން ބުނީ، އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށް ވައިގެ ހަމަލާތަކެއް ދީފައިވާކަމަށެވެ. މިކަން އިސްރާއީލްގެ މީޑިއާތަކުންވެސް ވަނީ ރިޕޯޓްކޮށްފައެވެ. އިސްރާއީލްގެ މީޑިއާތަކުން ބުނެފައިވަނީ އެޤައުމުގެ އަސްކަރިއްޔާއިން ތެހެރާނަށް ހަމަލާދޭން ފަށާފައިވާކަމަށެވެ. މިއަދު ހަމަލާ ދީފައިވަނީ މިސެއިލް ބޭނުންކޮށްގެންކަމަށާއި، މި ހަމަލާތައް ދިނުމުގައި އެމެރިކާވެސް ބައިވެރިވާކަމަށް އިސްރާއީލްގެ މީޑިއާއިން ބުންޏެވެ.
އީރާނަށް ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ކޮން ތަންތަނަކަށް ކަމެއް އަދި ޔަގީނެއް ނޫނެވެ. ނަމަވެސް ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާންގެ ރައީސް ދިރިއުޅުއްވާ ގެކޮޅަށާއި، އިންޓަލިޖެންސް ހެޑްކުއާޓާސް އިމާރާތްތަކަށް ކަމަށް މީޑިއާގެ ބައެއް ރިޕޯޓްތައް ބުނެއެވެ.
އިސްލާއލުން އީރާނަށް ދިން މި ހަމަލާތަކާ ގުޅިގެން އަދި މިހާތަނަށް އީރާނުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެމެރިކާއިން އިއްޔެ ވަނީ އީރާނަށް ހަމަލާދޭނެ ކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން އީރާނަށް ހަމަލާދޭނީ އިސްރާއީލުން ކަމަށްވެސް އެޤައުމުން ވަނީ ބުނެފައެވެ.
އިތުރު ތަފްސީލް އަންނަނީ..
އިސްރާއީލުން އިސްވެ، އީރާނަށް ހަމަލާ ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ