ނ. އަތޮޅުގައި އޮންނަ ސޮނޭވާ ޖާނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ވީ ކިހިނެއް؟ - އެ ރިސޯޓުގައި އަލިފާން ރޯވީ މިއަދު މެންދުރު 2:30 ހާއިރު އެވެ.
ތަފްސީލު - ފުލުހުން ދެންމެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ، ނ. އަތޮޅުގެ ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އަދި އެމްއެންޑީއެފްއިން އެއްޗެއް ނުބުނެ އެވެ.
'ދައުރު'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި:
ރޯވެފައި ވަނީ އެ ރިސޯޓުގެ ކޮޓަރިއެއްވައި
ދެ ކޮޓަރި ހިމެނޭ ވިލާއެއްގައި އަލިފާން ވަނީ ހިފާފައި
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން މިހާރު ދަނީ ހަރަކާތްތެރިވަމުން
އެ އަލިފާން ކޮންޓްރޯލްވި ކަމެއް އަދި ޔަގީނެއް ނޫނެވެ.
ސޮނެވާ ޖާނީ ރިސޯޓުގެ ކޮޓަރިއެއްގައި އަލިފާން ރޯވެ އަނދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ