ތެލާއި ގޭހުގެ ޝިޕްމަންޓް އަންނަން އެބަހުރި، ދަތިކަމެއްނެތް: ވަޒީރުން

ތެލާއި ގެހުގެ ޝިޕްމަންޓްތައް އަންނަ އެބަހުރިކަމަށާއި، އެ ދެ ބާވަތަށް ދަތިކަމެއްނެތްކަމަށް ހަނގުރާމައިގެ ކަންކަން ވިލަރެސްކުރާ ވަޒީރުންގެ ކޮމިޓީން ބުނެފިއެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި މާލީ ވަޒީރު މޫސާ ޒަމީރު ވަނީ ތެއޮލިބުމުގެ ދަތިކަން އަދި ނެތްކަން ފާހަގަކުރައްވާފައެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ތެލުގެ އަގުތަކަށް އަންނަ ބަދަލު ބަލަމުން ގެންދާކަމަށާއި، މިފަހުން ތެލުގެ އަގު ހެޔޮވިނަމަވެސް، މަޝްރަހް މިހާރު ހުރިގޮތުން އަގުތަކަށް ބޮޑު ބަދަލެއް އަންނާނޭކަމަށް އަދި ނުބެލެވެކަމަށެވެ. ވަޒީރު ވިދާޅުވީ، ތެލުގެ އަގު ބޮޑުވެ، ކުރަންޖެހޭ ހަރަދާއި، އާމްދަނީ ދަށަށްދާތީ، ބެލެންސް ކުރުމަށް ކުރަންޖެހޭ ކަންކަން ކަމާބެހޭ ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ދަންނަވާލަން ބޭނުން މި އަނެއް ތެލުގެ އަގަށް ބޮޑުވެގެން މިއައި އައުމާއި ސަރުކާރަށް ލިބެންޖެހޭ އަދި އޮޓޮލް ރެވެނިއު ދަށްވަމުންދާތީ މި އަންނަ ބެލެންސަށް އަޅުގަނޑުމެން މަސައްކަތް އެބަ ކުރަން. ކުރިންވެސް އަޅުގަނޑު ދަންނަވާލިހެން އަނެއް ބައެއް ކަހަލަ މަލްޓިލެޓަރަލް އޭޖެންސީތަކުން އަޅުގަނޑުމެންނަށް އެގޮތަށް ޓެޕްކުރެވެން ހުރި ފައިނޭންސް ޓެޕްކޮށްގެން މަސައްކަތް އެބަ ކުރަން. އެހެންވީމަ މިވަގުތަށް އަޅުގަނޑު ދަންނަވާލަން އޮތީ ހަމަ ދަތިކަމެއް ނެތި އަޅުގަނޑުމެންގެ މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް ތެލާއި ކާޑުގެ ބާވަތްތައް ގެނައުމުގެ ކަންތައްތައް ކުރިއަށް ދާނެ ކަމަށް.
މޫސާ ޒަމީރު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ތެލާއި ގޭހުގެ ޝިމްޕަންޓްތައް ގެނައުމަށް މިހާރުވެސް ޝެޑިއުލްކުރެވިފައިވާކަމަށެވެ. އެގޮތުން ޖޫންމަހުގެ ނިޔަލަށް ޝިޕްމަންޓްތައް ގެނައުމަށް ތާވަލްކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޑީސަލް އަށް މިހާރު އަޅުގަނޑުމެންނަށް ލިބިފަ ހުރި ތާރީހުތަކުގައި އޭޕްރިލް މަހުގެ ބާރަ، އަށާރަ، ސައްވީސް އަދި ހަތެއް މޭ، ފަނަރަ މޭގައިވެސް ޝިޕްމަންޓްތައް ޝެޑިއުލް ކުރެވިފައި އެބަހުރި. ޕެޓްރޯލަށް ބަލައިފިކަމަށް ވަންޏާ އަށާރަ އޭޕްރިލް، ހަތާވީސް އޭޕްރިލް، ފަނަރަ މޭ ދޭއް ޖޫން، އެކާވީސް ޖޫން، މިހެން ގޮސް ހަމަ ޝެޑިއުލްތަކެއް އެބައޮތް. އެލް.ޕީ.ޖީ އަށް ބަލައިފި ކަމަށްވަންޏާ ބާވީސް، ތޭވީސް އޭޕްރިލް ހިސާބުގަ އަނެއްކާވެސް ހަމަ ޝިޕްމަންޓްތަކެއް އެބަހުރި. 
އިގްތިސާދީ ވަޒީރު ސައީދު
ވަޒީރު ސައީދު ވިދާޅުވީ މިއީ ކުރިން މިކަމަށް ތައްޔާރުވެ އެޅިގެންދިޔަ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށާއި، އެކަމުގެ ހެޔޮ އަސަރުތައް އިގްތިސާދުން ފެންނަމުންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ