ގެއަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް؛ 4 މީހަކު ހައްޔަރުކޮށްފި

މާލޭގައި އެޕާޓްމަންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ފެންމަތިވެ، އެކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓެއްގައި ހިނގި ކަމަށް ބުނާ މި ވައްކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހު 16ގަ އެވެ. އަދި މި ވައްކަމާ ގުޅޭ މައުލޫމާތު ފުރަތަމަ ފަހަރަށް މިއަދު ފުލުހުން ވަނީ މީޑިއާތަކާ ހިސާކޮށްފަ އެވެ.
ތަފްސީލު - ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ:
މި ވައްކަމުގައި ޖުމުލަ 4 މިލިއަން ރުފިޔާ ވަގަށް ނަގާފައިވޭ
އެ ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 50،000ރ.
"މި މައްސަލާގައި ފަސް މީހަކަށް ތުހުމަތު ކުރެވެ އެވެ. އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބި އިރު، އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ވަނީ ހައްޔަރުގައި ތިބި ހަތަރު މީހުންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
މުހައްމަދު ނޫރު އަހްމަދު، 40، ކަސްތޫރިމާގެ/ޅ. ނައިފަރު
މުހައްމަދު އަފްރާހް، 40، މޫންލައިޓްވިލާ/ސ. މީދޫ
އިސްމާއިލް އާސިފް، 36، ދާރުލް އައްވަލް/ރ. މަޑުއްވަރި
އަހްމަދު ފާރިސް، 39، މ. އޭސިއާ
"މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުން،" ފުލުހުން އިތުރަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ