ފ. ފީއަލީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށާއި، އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުންގެ މަތީ ފަންތީގެ ވަފުދެއް އެ ރަށަށް ޒިޔާރަތްކޮށް ކައުންސިލާ ބައްދަލުކޮށްފިއެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ އިރުޝާދުގެ ދަށުން ކުރިއަށްދިޔަ މި ދަތުރުގައި އިސްކޮށް ހުންނެވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަޒުހާނެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ފުލުހުން ވަނީ، މާލެއިން ދިޔަ ހާއްސަ ތަހުގީގު ޓީމަކުން މި މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ. އަދި ހާދިސާ ހިނގި ވަގުތު ފީއަލީ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. ފީއަލީ ކައުންސިލުން ވަނީ ހާދިސާ ކޮންޓްރޯލް ކުރުމުގައި އިދާރާތަކުން ކުރި މަސައްކަތަށް ތައުރީފުކުރާނަމަވެސް، ލިބުނު އުމްރާނީ ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ހާދިސާގައި 60 އިންސައްތަ ފިހުނު ބިދޭސީ މީހާއަށް އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. ފުލުހުން ބުނީ ތަހުގީގު ނިމުނުހާ އަވަހަކަށް އެންމެ ފަހުގެ މައުލޫމާތު ރަސްމީކޮށް ހާމަކުރާނެ ކަމަށެވެ.
ސޮނެވާ ޖާނީގައި އަލިފާނުގެ ހާދިސާއެއް، ބޮޑު ސަރަހައްދެއްގައި ވަނީ ރޯވެފައި ދޯދި ފްލެޓްތައް ކައިރީގައި އަލިފާނުގެ ބޮޑު ހާދިސާއެއް ފީއަލީ އަލިފާނުގެ ހާދިސާގައި މީހަކު ވަރަށް ބޮޑަށް ފިހިއްޖެ ފީއަލީ ތެޔޮ ބޯޓެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް މަގުބޫލު ލިޔުންތަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ