މިނިވަން ދުވަހުގެ މުނާސަބާގައި މިރޭ 5 މިނިޓަށް ހަވާ އަރުވާނެ

ރާއްޖޭގެ 61 ވަނަ މުނާސަބާގައި މިރޭ މާލޭގެ އުތުރު ފަރާތުން ހަވާ އަރުވާނެ ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިރޭ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ޖުމްހޫރީ މައިދާނުގައި ކުރިއަށްދާނެއެވެ. މި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު އަދި ސަރުކާރައި އިސްވެރިން ދައުވަތު އެރުވިގެން ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިން، ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވަނީ، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޢަމީރު، ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު އެވެ.
މިރޭގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ނިންމާލުމަށް ފަހު ހަވާ އެރުވުމަށް ހަމެޖެހިފައިވަނީ 22:15 ގައެވެ. މާލެ އުތުރު ފަރާތު 1 ނަންބަރު ފާލަމާ ދިމާ ބޭރުން މޫދުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާއިރު ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓަށް ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ހިންގާލުމާއި ސްކޫލު ކުދިންގެ ޕެރޭޑްވެސް ކުރިއަށްދާނެއެވެ. އަސްކަރީ ހިންގާލުން އަދި ޕެރޭޑް މާލޭގެ އެކި ސަރަހައްދުތަކަށް މަޑު ކުރާނެއެވެ. މި ދެ ހަރަކާތްވެސް ފަށާނީ ޖުމްހޫރީ މައިދާނުންނެވެ.
1. އާޓިފިޝަލް ބީޗް (މަޖީދީ މަގު ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު)
2. ކުޑަކުދިންގެ ބާގީޗާ ކުރިމަތި (އަމީނީ މަގު ކަލާފާނު ހިނގުން ގުޅޭ ސަރަހައްދު)
3. ގަލޮޅު ޕޮލިސް ކުރިމަތި (އަމީނީ މަގު ނިކަގަސް ހިނގުން ގުޅޭ ސަރަހައްދު)
4. ކަޅުތުއްކަލާކޮށި (ހުޅަނގު އުތުރު ކަންމަތި، ބޭންޑް އޮންނާނީ އިއްޒުއްދީން މަގުގައި)
1. މާގިރި ހޮޓެލް
2. ލެ ސޫކް ރެސްޓޯރެންޓް
3. ކުޑަކުދިންގެ ބަގީޗާ
4. ގާކޮށި ފްލެޓް
5. ގަލޮޅު ޕޮލިސް
ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ ހަރަކާތުގައި ދިވެހި އަސްކަރީއްޔާގެ ހެވިކަމުގެ ކުޅިވަރުތައް ދައްކާލުމުގެ އިތުރުން ސްކޫލު ކުދިންގެ އައިޓަމްތަކާއި ގައި ސަޤާފީ ހަރަކާތްތައް ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ