ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމުކުރާ ނެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
ކުޅުދުއްފުށީގައި ނެޓުބޯޅަ ކުރިއެރުވުމަށާއި، މި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 14ގައި ކަމަށް އެ ކޮމިޓީން ވަނީ ބުނެފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އާންމުކޮށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 23 ޖުލައި ދުވަހުގެ 12:00 ގެ ކުރިން އޮންލައިން ލިންކް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހެއެވެ.
މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމު ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ 6 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.
އެކޮމެޓީ ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ 10 ޓީމަށްކަމަށެވެ. އެހެންކަމުން ބައިވެރިވާން ބޭނުންވާ ޓީމުތަކުން ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް އެ ކޮމިޓީން އިލްތިމާސްކުރެއެވެ.
މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6527209 ނަންބަރު ފޯނާ ގުޅުއްވުމަށް އެ ކޮމިޓީން އެދެއެވެ.
ކުޅުދުއްފުށީ އަންހެނުން ކޮމެޓީގެ ނެޓްބޯލް ޗެލެންޗްގައި ބައިވެރިވާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ