އެމްޑީޕީ އަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީއެއްކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެމްޑީއެން އިން ހަދާފައިވާ ކޯލިޝަން ރޫޅާލާ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން ވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަށް ތާއިދުކުރުމަށް ނިންމާފައެވެ. މިކަމާ ގުޅިގެން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީއޭ ގެ ކައުންސިލުގެ ނިންމުމަށް އިހްތިރާމްކުރާ ކަމަށެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީއޭއިން ކޮށްދިން މަސައްކަތަށް ފައްޔާޒު ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީއެއްކަމަށާ އެއީ ބަލިކޮށް ނުލެވުނު ހިތްވަރެއްކަމަށެވެ. އަދި އެ އަޒުމެއް ގުޑުވާނުލެވޭނަކަން ފާހަގަކުރުމުން ފައްޔާޒް ވިދާޅުވީ އެ ޕާޓީ ދާނީ ބާރަށް ކުރިއަށް ކަމަށެވެ.
އެމްޑީއޭ އިން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ތާއިދުކުރުމަށް ނިންމާފައިވާއިރު އެ ޕާޓީން ބުނީ ދެ ވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރަން ނިންމީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމު ކުރުމުގެ ގޮތުން ކަމަށެވެ. ދެ ވަނަ ބުރުގައި މުއިއްޒަށް ލިބޭ ތާއީދު އިތުރުވަމުން އަންނަކަން ފާހަގަކުރަމުން އެމްޑީއޭ އިން ބުނީ ފުރަތަމަ ބުރުގައިވެގެން ދިޔަ ގޮތުން ދެވަނަ ބުރުގައި ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް %97 ކައުންސިލް މެމްބަރުން ގަބޫލު ކުރާކަމަށެވެ.
އެމްޑީޕީ އަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީއެއް: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ