ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބުދުލް ޤައްޔޫމް ސިންގަޕޫރުގައި، އިދިކޮޅު ފަރާތްތަކާއި ސިއްރިޔާތުގައި ބައްދަލު ކުރައްވަމުން ގެންދަވާކަމުގައި ދެކެވޭ ވާހަކަތައް ޕީޕީއެމްއިން ދޮގުކޮށްފި އެވެ.
ސޯޝަލްމީޑިއާ ގަޔާއި ބައެއް އޮންލައިންތަކުގައި ރިޕޯޓްކޮށްފައިވާ އެޚަބަރު ދޮގުކޮށް ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެއީ އެޕާޓީގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި ބަދަހިގުޅުން ނެތިކޮށްލުމަށްޓަކައި ބަޔަކު ގަސްދުގައި ރާވައިގެން ކުރަމުން ގެންދާ ކަމެއް ކަމަށެވެ.
ޕީޕިއެމްގެ ބަޔާނުގައި ބުނެފައިވަނީ، އެޕާޓީގެ ރައީސް އަލްއުސްތާޛު މައުމޫން އަބުދުލް ޤައްޔޫމް ސިޔާސީ ފަރާތްތަކާއި ސިއްރިޔާތުގައި ބައްދަލު ނުކުރައްވާނޭ ކަން އެޕާޓީގެ މެމްބަރުންނަށް ޔަޤީންކޮށްދޭ ކަމަށެވެ. އަދި ރައީސް މައުމޫން އެއްވެސް ފަރާތަކާއި ބައްދަލުކުރައްވައިފި ނަމަ، އެމަނިކުފާނުގެ ޓްވީޓަރ އެކައުންޓް މެދުވެރިކުރައްވައި އެކަން އާއްމު ކުރައްވާނެ ކަމުގައިވެސް ޕީޕިއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ރައީސް މައުމޫން މިވަގުތު ވީ މެލޭޝިއާއަށް ކުރައްވާ ދަތުރު ފުޅެއްގައި ރާއްޖެއިން ބޭރުގައެވެ.
މައުމޫން އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރެއްވި ވާހަކަ ޕީޕީއެމްއިން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ