ނޫސްތަކުގެ ޚަބަރުތައް ރީ ޕަބްލިޝްކޮށްގެން މަންފާ ހޯދާ މައްސަލަ ބަލަނީ

ނޫސްތަކުގެ ޚަބަރުތައް ރީ ޕަބްލިޝްކޮށްގެން މަންފާ ހޯދާ މައްސަލަ ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ނިންމައިފިއެވެ. އެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ "ފަސޭހަ" އަދި "އަޑަފި" އެޕްއިން ރާއްޖޭގެ އެކި ނޫސްތަކުގައި ހުންނަ ޚަބަރުތައް އެ އެޕްގައި ރީ ޕަބްލިޝްކޮށް ގެނެސްދޭތީ މައްސަލަ ބަަލަން ނިންމާފައެވެ. އެ އެޕްތަކުގައި ރާއްޖޭގައި ނުކުންނަ ގިނަ ގިނަ ނޫސްތަކުގެ ޚަބަރުތައް އެއްތާކުން ކިޔާލެވެން ހުރެއެވެ. މިއަދުގެ ބައްދަލުވުމުގައި އެމްއެމްސީން ވަނީ އެކައުންސިލުން މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އުސޫލުގެ ފައިނަލް ޑްރާފްޓް ނިންމައި އެ ޑްރާފްޓް މީޑިއާތަކާ ހިއްސާކުރަންވެސް ނިންމައިފައެވެ. އޭގެ އިތުރުން އެކި ދުވަސްތަކުގެ މަތިން މީޑިއާއާ ބައްދަލުކުރަން ނިންމައި މީޑިއާތަކުގެ ދަފްތަރު އަޕްޑޭޓްކުރަންވެސް އެ ކައުންސިލްއިން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ