ބޭސިކް ފަހާ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

މުލިމަތި ޖަމިއްޔާ އިން އައްޑޫ ސިޓީ މީދޫގައި ބެއްވި ބޭސިކް ފަހާ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި މަހުގެ 26 ވަނަ ދުވަހުގެރޭ ޝަރީފީ ޕްރީ ސްކޫލްގައި ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށް ދެއްވީ އައްޑޫ ސިޓީ އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމަޓީގެ ހުޅުދޫ މެމްބަރު ޝާމާ އިބްރާހީމްއެވެ.15 ދުވަހުގެ މުއްދަތައް މީދޫ ގައި ކުރިއަށް ދިޔަ މި ކޯހުގައި 10 ފަރާތަކުން ބައިވެރިވެފައިވާއިރު 8 ފަރާތަކުންވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ.
މާޗް މަހުގެ 03 ވަނަ ދުވަހު އެޑްވާންސް ފަހާ ކޯސް ފެށުމަށް ހަމަޖެހިފައިވާއިރު މި ކޯހުގައިވެސް ކިޔަވައިދެއްވާނީ މަރަދޫ މަހިނޫރް ދިހުޝާނާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ