މޫސުން ގޯސްވުމުން މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ނޯންނާނެ

މާލޭގެ އަވަށް ތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މާދަމާ ނޯންނާނެކަމަށް އިސްލާމިކް މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ މޫސުން ގޯސްވުމާ ގުޅިގެން މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ނޯންނާކެމަށެވެ.
ނަމަވެސް، ހުކުރު ކުރާ މިސްކިތްތަކުގައި މާދަމާ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.
މޫސުމް ގޯސްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ވެސް ވަނީ ފަސްކޮށްފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ