ސަރުކާރަކީ މުއްސަނދި މީހާގެ އެއްޗެެއްކަން ރައްޔިތުން ޤަބޫލުކުރާ ހިސާބަށް ގޮސްފި - އީވާ

ސަރުކާރަކީ ބާރުގަދަ ނުފޫޒުގަދަ މުއްސަނދިމީހާއަށް އެކަނި އޮންނަ އެއްޗެއްކަން ދިވެހި ރައްޔިތުން ގަބޫލުކުރާހިސާބަށް ކަންތައް ގޮސްފިކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވޭތުވެ ދިޔަ ފަސް އަހަރު ފެނިގެން ދިޔައީ އެއްކޮޅުން ޔާމީން އަށް ނޫޓުކޮޅެއް ދީފައި އަނެއްކޮޅުން އަނބިކަނބަލުންނަށް ނޫޓުކޮޅެއް ދީނީޔާ ނޫނީޔާ ސަރުކާރަކީ ރައްޔިތެއްގެ އެއްޗަކަށް ނުވާކަމަށެވެ.
އީވާ އިތުރަށް ވިދާޅުވިގޮތުގައި ވެރިކަން ކުރާ މީހާއަށް ފައިސާ ކޮޅެއް ދޭމީހާއަށް މެނުވީ ސަރުކާރަށް ހިދުމަތް ނުކުރާތަން ވޭތުވެދިޔަ ފަސް އަހަރު ވަންދެން އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައިވާކަމަށެވެ.
މިކަންކަމަށް އިސްސާފް ނުހޯދައިދީ އެއްވެސް ސަރުކާރަކަށް އިންސާފެއް ހޯދައި ނުދެވޭނެކަމަށް ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަދި "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން"ގެ ބިލަށް މިއަދު ބަހުސް ކުރައްވަމުން އީވާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ވޭތުވެދިޔަ ފަސް އަހަރު ގެއްލުވާލައި، ވައްކަން ކޮށްފައި ވާ ފަރާތްތަކާމެދު އިންސާފް ޤާއިމްކުރެވެން ޖެހޭނެކަމަށް ތަކުރާރުކޮށްވަނީ ވިދާޅުވެފައެވެ.
މިކަން މިއަދު ނުކޮށްފިނަމަ އަނެއްކާވެސް އަނިޔާވެރިންނާއި ވައްކަންކުރި މީހުން މަޖިލިސް އަށް ވަދެ އަނެއްކާވެސް ބާރުވެރިވާނީ ރައްޔިތުންގެ މައްޗަންކަން ފާހަގަކުރެއްވެވިއެވެ.
މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ބިލު ބަލައިގަންނަކަމަށް އިދިކޮޅު މެމްބަރުންވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް ބިލަށް ބައެއް ބަދަލުތައް ގެންނަންޖެހޭކަމަށް އެބޭފުޅުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ