މޯލްޑިވްސް ރިފޯމް މޫވްމަންޓްއަަށްވެސް އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭޭނުން އަދަދަކަށް ކެނޑިޑޭޓުން ނެރެވޭނެކަމަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މީޑިޔާއާއި ސަޕޯޓަރުންނާއި އެކު ސޯލްޓް ކެފޭގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ކޯލިޝަންގެ އެއްބަސްވުމެއް ވަކިން ނެތްއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަކިވަކިން ޕާޓީތަކާއި އެކު އެއްބަސްވުންތަކުގައި ސޮއިކުރެއްވި ކަމަށެވެ. ނަމަވެސް މިހާތަނަށް އެހެން ޕާޓީތަކުގެ އަމަލުހުރީ އެ އެއްބަސްވުންތަކާއި އެއްގޮތަށް ނޫންކަން ރައީސް މައުމޫން ފާާހަގަކުރެއްވިއެވެ.
އެގޮތުން އެމްޑީޕީއިން 86 ދާއިރާއަށް ވާދަކުރާއިރު އަދި ޖުމްހޫރީ ޕާޓީ 36 ދާއިރާއަށް ވާދަކުރާކަން ހާމަކުރިއިރު އެއީ އެއްބަސްވުމުގައި އޮތް އުސޫލު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެމްއާރްއެމްއަށް ވެސް ބޭނުން އަދަކަށް ކެންޑިޑޭޓުން ނެރުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވަނީ އެމްއާރްއެމްގެ ރައީސްކަމަށް އެމަނިކުފާނު އިންތިޚާބު ކުރައްވައިފިނަމަ މަގާމު އަދާކުރެއްވުމުގައި ގާބިލިއްޔަތުކަން ހުރި މިންވަރަކުން ދެމިހުންނަވާނެކަމަށް ފާހަަގަކުރައްވާފައެވެ.
އެމްއާރްއެމްއަށް ވެސް ބޭނުން އަދަދަކަށް ކެންޑިޑޭޓުން ނެރެވޭނެ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ