: މައުމޫން“ މި އަޒުމެއް ނުގުޑާނެ، މި ހިތްވަރެއް ނޭލޭނެ“

އިރާދަކުރެއްވިއްޔާ އަދިވެސް ހުންނެވީ ނުގުޑާފަދަ އަޒުމަކާއި، ހިތްވަރެއްކަން ހާމަކުރައްވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ޓްވީޓެއް ކުރައްވައިފިއެވެ.
ރައީސް މައުމޫން މިހެންވިދާޅުވެފައިމިވަނީ ޕީޕީއެމުން އެ ޕާޓީގެ ރައީސްގެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރި، ޕީޕީއެމްގެ  ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމަކީ ސައްހަ ނިންމުމެއް ނޫންކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނިކޮށް ކުރެއްވި ޓްވިޓެއްގައެވެ
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ”އިރާދަކުރެއްވިއްޔާ މި އަޒުމެއް ނުގުޑާނެ، މި ހިތްވަރެއް ނޭލޭނެ“ މިހެންނެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސް ބަލަނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމީ އެއީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ބޭއްވި ކޮންގްރެސް އެއް ކަމަށް ބުނެ އެވެ. އަދި ކޮންގްރެސްގައި އެ ޕާޓީ މެމްބަރުން ނޫން މީހުން ބައިވެރިވެ ވޯޓްދިން ކަމަށް އިލެކްޝަނުން ބުނެ އެވެ.
ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ސްޕްރީމް ކޯޓުން ހުކުމް މިއަދު ހުކުމްކޮށްފައިވާއިރު ޕީޕީއެމް ރައީސް މައުމޫނާއި ހަވާލުކޮށްދެއްވުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެއް ސުޕްރީމް ކޯޓުގައި އަދި އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ