ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހާއި، އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމް އެދެބޭފުޅުންނަށް މަރްހަބާ ވިދާޅުވެއްޖެއެވެ.
ޖަރުމަނުވިލާތުގެ ފްރެންކްފަރޓްގައި މިވަގުތު ހުންނެވި ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ރާއްޖޭގެ ރައްޔިތުން ކުރި ބުރަ މަސައްކަތަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
"އަލްޙަމްދްލިﷲ ޝުކުރު! މަރްހަބާ ދިވެހި ލޮބުވެތި ރައްޔިތުން. ރައްޔިތުން ކުރެއްވި އިޚްލާސްތެރި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކުރިއަށް ދިވެހި ގައުމު. އިންތިޚާބު ކާމިޔާބު ކުރެއްވި އޮނަރަބްލް އިބްރާހިމް މުހަންމަދު ސޯލިހް އަދި ފައިސަލް ނަސީމަށް މަރްހަބާ. "މިނިވަންވަޔާ ކުޅެލާށެ ތާޒާ" ގާސިމް އިބްރާހިމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ގާސިމް އިބްރާހިމް މީގެ ކުރިން ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ނިކަމެތިކަމާއި އަނިޔާއާ އަދި ކޮރަޕްޝަނާއި ފަސާދައާއި އިންސާފު ނުލިބިގެންދާ ދިއުމާއި، މީހުންނަށް ލިބެމުންދާ އަނިޔާގެ ބޮޑުކަމާއި، ދިވެހިރާއްޖެއަށް ލިބެމުންދާ ނިކަމެތިކަމާއި، އަދި މުޅި ދުނިޔޭގެ ކުރިމަތީގަ ދިވެހިރާއްޖެ އެކަހެރިވަމުންދާ ދިއުމަކީ އެކަކަށްވެސް އޮޅިފައިވާކަމެއް ނޫން ކަމަށާއިި އެހެންކަމުން، މިކަންކަމުން ސަލާމަތްވުމަށްޓަކައި ކުރެވެން އޮތްކަމަކީ، ވޯޓްލާއިރު ކެންޑިޑޭޓް ނަންބަރު 2 އަށް ވޯޓްލުން ކަމަށް ވިދާޅުވެފައެވެ.
އިންތިހާބުގެ ކެމްޕެއިން ދަތުރު ތަކުގައި ގާސިމް ގެ އަނބިކަނބަލުން އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އައިޝަތު ނަހުލާވަނީ "ޖުމްހޫރީ ވިންދު" ގެ ނަމުގައި ގިނަ ގުނަ މަސައްކަތް ތަކެއް ކުރައްވާފައެވެ.
ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް އިބޫއާއި ފައިސަލް އަށް ހޫނު މަރްހަބާއެއް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ