އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުން ޔުމްނާ މައުމޫން އިސްތިއުފާ ދެއްވައިފި އެވެ.
ޔުމްނާ އިސްތިއުފާ ދެއްވި ސަބަބު ސާފުވެފައި ނުވި ނަމަވެސް ރައީސް އޮފީހުން އެކަން ކަށަވަރު ކޮށްދެއްވަ އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޔުމްނާ އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޑިޕާޓްމެންޓް އޮފް ހެރިޓޭޖް ހިންގެވުމާވެސް ހަވާލުވެ ހުންނެވި ޔުމްނާ މައުމޫނަކީ ރައީސް ޔާމީން އަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުންނެވެ.
ޔުމްނާ މައުމޫން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ