ކިނބިދޫ ދާއިރާގެ މަޝްރޫޢުތަކުގެ މައުލޫމާތު ހޯދަން އެދިއްޖެ

ތ ކިނބިދޫ ދާއިރާގެ ފަސް ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުތަކުގެ މައުލޫމާތު ހޯދުމަށް އެދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެދިވަޑައިގަންނަވައިފިއެވެ.
ތ ކިނބިދޫ އާއި އޮމަދޫ އާއި ހިރިލަންދޫގެ އިތުރުން ކަނޑޫދޫ އަދި ވަންދޫގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތުގެ މައުލޫމާތު ހޯދުމަށް ޒިޔާޒް އެދިވަޑައިގެންނެވީ މިމަހުގެ 16 ވަނަ ދުވަހު އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއަށް ފޮނުއްވި ސިޓީއެއްގައެވެ.
މި ސިޓީގައި ރިޔާޒްވަނީ މި ފަސް ރަށަކީ ނަރުދަމާ އާއި ސާފުކޮށް ބޯފެން ނުލިބޭ އެފަދަ ނިޒާމެއްވެސް ގާއިމް ކުރެވިފައި ނެތް ފަސް ކަމަށް ވިދާޅުވެފައި ވެއެވެ.
މީގެ ކުރިންވެސް ރިޔާޒްވަނީ ވަޒީރުން މަޖިލީހަށް ހާޒިރުކޮށްގެން ދާއިރާގެ ތަރައްޤީގެ މަޝްރޫއުތަކުގެ މައުލޫމާތު ހޯއްދެވުމަށް މަސައްކަތް ކުރަށްވާފައެވެ. އަދި މަޖިލީހުގެ މިދިޔަ ދައުރު ނިމުނު އިރުވެސް ވަޒީރުން މަޖިލީހަށް ހާޒިރު ކުރެވިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ