މެމްބަރު ވައްޑެ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ތުލުސްދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުގެ ނައިބު ރައީސް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިރޭ ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފިއެވެ.
މައުމޫން ފެކްޝަންގެ އޮފިޝަލަކު ވިދާޅުވީ ވައްޑެ ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެފައިވާކަމަށެވެ.  އެހެންނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައި ނުވާ ކަމަށެވެ.
ވައްޑެ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 8:30 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ