ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވުމުން މަޖިލީހުގެ ގޮނޑި ގެއްލޭ މެންބަރުންނަށް ގޮނޑި ހޯދައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ބަންޑާރަނައިބް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަންޑާރަނައިބް އެދިވަޑައިގެންނެވި ގޮތަށް މިއަދު ސުޕްރީމް ކޯޓުން ނިންމާފައިވާތީ އެވެ.
މިކަމާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވުމުން ގޮނޑި ގެއްލިއްޖެ ކޮންމެ މެންބަރަކު އަލުން އިންތިހާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ރިއާޔަތްކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ފިކުރާ ދުރަށް ދިއުމުން ގޮނޑި ގެއްލޭ ނަމަ އެންމެ ފުރަތަމަ ގޮނޑި ގެއްލެންވީ ބަޔަކީ މިހާރު ޕީޕީއެމް ހިންގަން ތިބި މީހުން ކަމަށެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ތާރީހުގައި ކަޅު ދުވަހެއް ކަމަށެވެ.
ރައީސް މައުމޫން ވަނީ ސުޕްރީމް ކޯޓްގެ ނިންމުމާ މެދު ކަންބޮޑުނުވުމަށް ވެސް އެދިވަޑައިގެންފަ އެވެ. ރައީސް މައުމޫން ވިދާޅުވީ ރައްޔިތުން އަބަދުވެސް ކާމިޔާބު ހޯދާނެ ކަމަށާ އަދި ޚުދުމުހުތާރުވެރިން އަބަދުވެސް ފެއިލްވާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމާ ގުޅިގެން އެތައް ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކޮށް ސުޕްރީމް ކޯޓަށް ފާޑު ކިޔަމުންނެވެ.
ރައްޔިތުންގެ ހައްގުގައި ތިބޭ މެންބަރުންނަށް ގޮނޑި ހޯދައިދޭން މަސައްކަތް ކުރާނަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ