އެމްޑީޕީން އެއްޖިންސުގެ ކައިވެންޏަށް ތާއީދު ނުކުރާކަން ހާމަކުރުމުން ޝަހީދު ރައްދު ދީފި

އެމްޑީޕީން އެއްޖިންސުގެ ކައިވެންޏަށް ތާއީދު ނުކުރާކަން ހާމަކުރުމުން ކުރީގެ ފޮރިން މިނިސްޓަރ، ޑރ. އަހުމަދު ޝަހީދު އެކަމަށް ރައްދު ދެއްވައިފިއެވެ.
އެމްޑީޕީން އެއް ޖިންސުގެ ކައިވެންޏަށް ތާއީދު ނުކުރާކަން ހާމަކުރީ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީއެވެ.
ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަދި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެއް ކަމަށާއި އެމްޑީޕީން އެއް ޖިންސުގެ ކައިވެނި ކުރުމުގެ ހައްގަކަށް ތާއީދުނުކުރާ ކަމަށެވެ.
ދީދީގެ މި ޓްވީޓަށް ރައްދު ދެއްވަމުން ޑރ.ޝަހީދު ވިދާޅުވީ ހުރިހާ އެންމެންނަށް ވެސް ހައްގުތަކެއް ލިބިފައިވާކަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ދީދީ އަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ހައްގުތަކަކީ ހަމައެކަނި ދީދީއަށް ލިބިފައި އޮތް އެއްޗެއް ނޫންކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
އެއް ޖިންސުގެ ކައިވެންޏަށް އެމްޑީޕީން ތާއީދުނުކުރާ ކަމަށް ދީދީ ވިދާޅުވެފައިވާއިރު ޑރ.ޝަހީދު އަކީ އެއްޖިންސުން ކައިވެނި ކުރުމަށް ތާއިދުކޮށް ސޯޝަލް މީޑިއާގައި ވާހަކަދައްކާފައިވާ ފަރާތެކެވެ.
މިފަދަ ކަންތައްތަކާ ގުޅިގެން ދިވެހި ރައްޔިތުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް ޑރ.ޝަހީދަށް ވަނީ އަމާޒުވެފައެވެ.
 
އިސްލާމް ދީނުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގަން ތާއިދުކޮށް މުސްލިމަކަށް ވާހަކައެއް ނުދެއްކޭނެއެވެ. އެފަދަ ވާހަކައެއް ދައްކައިފިނަމަ އެމީހަކު ތައުބާވާން ޖެހޭނެ ކަމަށް އިސްލާމީ އިލްމުވެރިން އިއްތިފާގުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ