މަސްވެރިންނަށް ހާއްސަ ޑެބިޓް ކާޑެއް ތައާރަފްކޮށް، މަސްވެރިން ބާނާ މަހުން ފައިސާ ލިބޭނެ 100 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމް ކުރުމުގެ މަޝްރޫއެއް ހިންގާނެކަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ފަހު ގދ. ފަރެސްމާތޮޑާގެ ބަނދަރު ހުޅުވުމާއި ގެދޮރު ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލުމާއި އެއާޕޯޓް ބިންހިއްކުން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި އަންނަ ފަސް އަހަރަކީ މަސްވެރިންގެ ހައްގުގައި މަސައްކަތްތަކެއް ކުރަން ޖެހޭ އަހަރުތަކެއް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކުރާނެ އެއް މަސައްކަތަކީ، ފިޝަރީޒް މިނިސްޓްރީން ޒުވާނުން މަސްވެރިކަމަށް ނެރުން ކަމަށާއި، އެކަމަށް އާ ދޯނި ފަހަރުތައް އީޖާދު ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
" އެ ދޯނި ފަހަރަކީ އެ ބޮޑެތި ދޯނި ފަހަރުގައި އަމިއްލައަށް އައިސް އުފައްދައިގެން ސެލްސް ސަސްޓްެއިންކޮށް ހިނގާނީ. އެހެންވީމަ ފަރެސްމާތޮޑާގައި އައިސް ޕްލާންޓެއް ހުންނާކަށް، މަޑަވެލީގެ އައިސް ޕްލާންޓެއް ހުންނާކަށް މި ދޯނިތަކެއް ބޭނުންނުވާނެ. މި ދޯނިތަކުގައި އައިސް އުފައްދާނެ". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަސްވެރިކަމުގައި ފެންނަމުންދާ މައްސަލަތަކަށް ހައްލެއް ގެނައުމަށް ބޭންކް އޮފް މޯލްޑިވްސްއާއި އާއި ވާހަކަދައްކާފައިވާ ކަމަށެެވެ. އެގޮތުން މަސްވެރި ދޯނި ފަހަރުތަކެއް ކްރެޑިޓް ކާޑެއް ނުވަަތަ ޑެބިޓް ކާޑެއް ދޫކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކްރެޑިޓް ކާޑެއް ނުވަަތަ ޑެބިޓް ކާޑުގެ ބޭނުން ހިފޭނެ ހުރިހާ ކަމެއް ކުރަން. މާނައަކީ ޑެބިޓް ކާޑުގެ ބޭނުން ހިފޭނެ މަސްވެރިންނަށް އެސްޓީއޯ މެދުވެރިކޮށް ތެޔޮ ގަންނަން. ފައިސާ ނުދީ ތެޔޮ ގަނެވޭނެ. އަދި މިތާ ހުރި ބޮޑެތި ފިހާރަތަކުން ކްރެޑިޓަަށް މުދާނެގޭނެ. އެސްޓީއޯގެ ހުރިހާ ތަނަކުން ކްރެޑިޓަށް ކުރާ ނެގޭނެ". ރައީސް ވިދާޅުވިއެެވެ.
ރައީސް ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އާއި ގުޅިގެން 100 މިލިއަން ރުފިޔާގެ ފަންޑެއް އުފެއްދޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއަށް 50 މިލިއަން ރުފިޔާ ސަރުކާރުން ލާނެ ކަމަށާއި، 50 އެސްޓީއޯ އާއި މިފްކޯއިން ލާނެ ކަމަށެވެ.
"ޢެހެންވީމަ އިރާދަކުރެއްްވިއްޔާ މި މަޝްރޫއު ހިނގަން ފެށީމަ ދެން މަސްވެރިން ބާނާ މަހަށް ލާރި ނުދެވި ހުންނާކަށް ނުޖެހޭނެ މި މި މަޝްރޫއު ހިންގާނަން". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިފްކޯ ހިންގުމަށް އެސްޓީއޯއާއި ހަވާލުކުރީ މިފްކޯ ހިންގޭނެ ގާބިލިއްޔަތުކަން އެސްޓީއޯގައި ހުރުމުުން ކަމަށެެވެ.
"ކިހިނެއްތޯ އިހަަށް ދުވަހާއި ޖެހެންދެން މިދޭތެރެއިން މިއޮތް ހަތަރު މިލިއަނެއްހާ ރުފިޔާގެ މަސްވެރިން ބޭނި މަހުގެ އަގު އޮތީ ނުދެއްކިފައި. މިފްކޯއަށް ނުދެއްކުނީ އެ ފައިސާ. މިފްކޯގެ އެ ފައިސާ ނެތިގެން ނުދެއްކުނީ. އެސްޓީއޯ އިން އެކަން ބޭލްއައުޓް ކުރީ، އެސްޓީއޯގެ އެ ހަކަތަ ހުރީމަ". ރައީސް ވިދާޅުވިއެވެ.
މަސްވެރިން ބާނާ މަހުން ފައިސާ ލިބޭނެ 100 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމް ކުރާނަން - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ